ކަސްޓަމްސް އިން ބުނީ އަތުލައިގެންފައި ވަނީ ސިންތެޓިކް ކެތިނޯން ނަމަކަށް ކިޔާ ޑްރަގެއް ކަމަށެވެ. އަދި އެތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ރުފިޔާއަށްވުރެ އިތުރު ކަމަށްވެސް ބުންޏެވެ.

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ޕޯސްޓް މެދުވެރުކޮށް އެތެރެކުރަން މަސައްކަތް ކޮށްފައި ވަނީ 3.6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގެންފައި ވަނީ ސިންތެޓިކް ކެތިނޯން ނަމަކަށް ކިޔާ ޑްރަގެއް ކަމަށެވެ. އަދި އެތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ރުފިޔާއަށްވުރެ އިތުރު ކަމަށްވެސް ބުންޏެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ކަސްޓަމްސް އިން ހާމަކޮށްފައެއް ނުވެ އެވެ.