ފުލުހުން މިރޭ ބުނީ، ބޮޑުތަކުރުފާނުމަގުގައި ހުންނަ މާފަންނު ބަސް ޓާމިނަލް ކައިރިން އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 7:07 ގައި ކަމަށެވެ.

މާފަންނުގައި ހުންނަ އެމްޓީސީސީ ބަސް ޓާމިނަލް ކައިރީގައި ބަހަކާއި ސައިކަލެއް ޖެހިގެން މިރޭ ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މިރޭ ބުނީ، ބޮޑުތަކުރުފާނުމަގުގައި ހުންނަ މާފަންނު ބަސް ޓާމިނަލް ކައިރިން އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 7:07 ގައި ކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، އެ މީހާއަށް ލިބުނު އަނިޔާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
މަގުމަތީގައި އެއްގަމު އުޅަނދުތަކުން ޓްރެފިކް ގަވާއިދުތަކަށް ބަލަންވާ މިންވަރަށް ނުބަލާތީ، މިދިޔަ އަހަރު ޖުމްލަ 2،289 ހިނގާފައިވާއިރު، މި އަހަރުގެ މިހާތަނަށް 1،137 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ހެލްތު މިނިސްޓްރީން މި ހަފްތާގެ ތެރޭގައި ބުނެފައިވެ އެވެ.
އޭގެތެރޭގައި ގިނައީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.