އދ. ގެ ގްލޯބަލް ލީޑާޝިޕް އެންޑް އީއެސްޖީ ޕްރޮގްރާމްގެ މި އަހަރުގެ އެންމެ ހާއްސަ އެވޯޑު ޖަނާއަށް

"2026 އެނުއަލް އިނޮވޭޓިވް ކްލައިމެޓް ފައިނޭންސް އިންޑިވިޖުއަލް އެވޯޑް ފޯ އެކްސެޕްޝަނަލް އެޗީވްމަންޓް" އަކީ ޔުނައިޓެޑް ނޭޝަންސް ގްލޯބަލް ލީޑަރޝިޕް އެންޑް އީއެސްޖީ ޕްރޮގްރާމްގެ ފަރާތުން ދޭ ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑު ޝަރަފެކެވެ.

އެނުއަލް އިނޮވޭޓިވް ކްލައިމެޓް ފައިނޭންސް އިންޑިވިޖުއަލް އެވޯޑް ފޯ އެކްސެޕްޝަނަލް އެޗީވްމަންޓް އެވޯޑު ޖަނާހުއަށް އަރުވަނީ

އދ. ގެ ގްލޯބަލް ލީޑާޝިޕް އެންޑް އީއެސްޖީ ޕްރޮގްރާމްގެ މި އަހަރުގެ އެންމެ ހާއްސަ އެވޯޑު މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުއަށް އަރުވައިފި އެެވެ. 

މި އެވޯޑް ޖަނާހުއާ އެރުވުން އޮތީ ސުވިޓްޒަލޭންޑްގެ ޖެނީވާގައި ހުންނަ އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައިޓީޔޫ) ގެ ހެޑްކުއާޓާސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. 

މިއީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ އައު ގޮތްތައް ނުވަތަ "އިނޮވޭޓިވް ކްލައިމެޓް ފައިނޭންސް" ގެ އުފެއްދުމުގެ ދާއިރާއިން ދޭ ބައިނަލްއަޤްވާމީ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި އަހަރު ދިން "2026 އެނުއަލް އިނޮވޭޓިވް ކްލައިމެޓް ފައިނޭންސް އިންޑިވިޖުއަލް އެވޯޑް ފޯ އެކްސެޕްޝަނަލް އެޗީވްމަންޓް" އަކީ ޔުނައިޓެޑް ނޭޝަންސް ގްލޯބަލް ލީޑަޝިޕް އެންޑް އީއެސްޖީ ޕްރޮގްރާމްގެ ފަރާތުން ދޭ ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑު ޝަރަފެކެވެ.

މި އަހަރުގެ ބައްދަލުވުން ހާއްސަކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މޫސުމީ މާލީ އެހީތެރިކަން އިތުރުކުރުމާއި ދުނިޔޭގެ މޫސުމީ އިންވެސްޓްމަންޓްތަކުގެ މެދުގައި ހުރި ފަރަގުތައް ކުޑަކުރުމުގެ މައްޗަށެވެ.

މި އެވޯޑް ލިބުމާ ގުޅިގެން ޖަނާހު ވަނީ މި ހަފްލާ އިންތިޒާމުކުރެއްވި ފަރާތްތަކުގެ އިތުރުން މި ދަތުރުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މި އެވޯޑަކީ މަސައްކަތުގައި ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށް ވިދާޅުވި އެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްގީ އާއި ހަމަހަމަ ފުރުސަތުތަކެއްގެ މައްޗަށް ބިނާވެފައިވާ ބަދަލުތަކެއް ގެނައުމަށް ކުރާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަންޖެހޭކަން ހަނދާންކޮށްދޭ ކަމެއްގެ ގޮތުގައި ޖަނާ ސިފަ ކުރެއްވި އެވެ.

ޖަނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މި ޝަރަފަކީ ހަމައެކަނި އަމިއްލަ ފަހުރެއް ނޫންކަމަށާއި މިއީ ރާއްޖެއަށް ވެސް ލިބުނު ޝަރަފެކެވެ، އަދި މިއީ ރާއްޖެ ފަދަ ބިންތިރި ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ނުރައްކަލުން ސަލާމަތްވުމަށް ބޭނުންވާ ދެމެހެއްޓެނިވި އަދި ހުރިހާ އެންމެން ޝާމިލުވާ ކުރިމަގަކަށް ވާސިލުވުމަށްޓަކައި އިތުރަށް މަސައްކަތް ކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި އޭނާ ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.