ހިމަބިހި ފެތުރުން ކޮންޓްރޯލު ނުކުރެވޭ ހާލަތަކަށް ނުދޭ: ހެލްތު މިނިސްޓަރު

ގީލާ ވިދާޅުވީ، ހިމަބިހީގެ ކޭސްތައް މި ދުވަސްވަރު ކޮންމެވެސް ވަރަކަށް އިތުރުވެފައިވިޔަސް، މި ބަލި އޮތީ ކޮންޓްރޯލް ނުކުރެވޭ ވަރުގެ ހާލަތެއްގައި ނޫން ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރު ގީލާ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ރާއްޖޭގައި ވަރަށް ހަލުވިކޮށް ހިމަބިހި ފެތުރެމުންދާއިރު، އެ ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވޭ ހާލަތަކަށް އަދި ނުދާކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ. 

ހެލްތު މިނިސްޓްރީން ރޭ އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 121 އަށް އަރައިފަ އެވެ.

މިގޮތުން، މިދިޔަ ހަފްތާގައި އެކަނިވެސް 55 މީހަކަށް މި ބަލި ޖެހިފައިވާކަމަށް ހެލްތުން ބުންޏެވެ.

އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ، ހިމަބިހީގެ ކޭސްތައް މި ދުވަސްވަރު ކޮންމެވެސް ވަރަކަށް އިތުރުވެފައިވިޔަސް، މި ބަލި އޮތީ ކޮންޓްރޯލް ނުކުރެވޭ ވަރުގެ ހާލަތެއްގައި ނޫން ކަމަށެވެ.

"ހިމަބިއްސަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔަކަށް ވާތީ އެ ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް ވަރަށް ކުރުވާނެ. އެހެންވީމަ މި ބައްޔަކީ އަޅުގަނޑުމެންނަށް އާދަޔާ ހިލާފަށް ފެތުރެމުންދާ ނުވަތަ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ވަރުގެ ބައްޔެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ގައިންގަޔަށް އަރާ މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، ކޮންޓެކްޓުން ހޯދާ ޓެސްޓުކުމުގެ މަސައްކަތް ކުރަމުންދާއިރު ބަލީގެ ނުރައްކާ އޮތް ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް އަންނަނީ މިހާރު ކުރަމުންނެވެ.

އެގޮތުން މިހާތަނަށް 5495 ފަރާތަށް ހިމަބިހީގެ ވެކްސިން ދީފައިވާކަމަށް ހެލްތުން ބުންޏެވެ.

ރާއްޖޭގައި ހިމަބިހި ނައްތާލާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވަނިކޮށް، 2022ވަނަ އަހަރު އެ ބަލި ޖެހިގެން ރިޕޯޓު ކުރިއިރު ވެސް، އޭގެ ތެރޭގައި ހިމެނެނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.