މެކަނައިޒްޑް އިންފެންޓްރީ ސްކޮޑްރަންއެއް އަކީ ޒަމާނީ އަސްކަރިއްޔާތަކުގައި ބޭނުންކުރާ، ބަޑިޖަހާ އުޅަނދުތަކާއި ހަށިރައްކާތެރިކަން ލިބިގެންވާ އަސްކަރީ އުޅަނދުތަކުގައި ހަރަކާތްތެރިވާ ފާހަގަކޮށްލެވޭ ބާރެކެވެ.

މެރިން ކޯގެ މެކަނައިޒްޑް އިންފެންޓްރީ ސްކޮޑްރަންގެ އޮޕަރޭޝަނަލް ޤާބިލުކަން ދަމަހައްޓައި އިތުރުކުރުމަށް، މާލެ އަދި ހުޅުލޭގައި ތަމްރީން ހަރަކާތްތަކެއް ރޭ ކުރިއަށް ގެންގޮސްފި އެވެ.
މިއީ ކޮން ތަމްރީން ތަކެއް ؟ - މެކަނައިޒްޑް އިންފެންޓްރީ ސްކޮޑްރަންއެއް އަކީ ޒަމާނީ އަސްކަރިއްޔާތަކުގައި ބޭނުންކުރާ، ބަޑިޖަހާ އުޅަނދުތަކާއި ހަށިރައްކާތެރިކަން ލިބިގެންވާ އަސްކަރީ އުޅަނދުތަކުގައި ހަރަކާތްތެރިވާ ފާހަގަކޮށްލެވޭ ބާރެކެވެ. މެކަނައިޒްޑް އިންފެންޓްރީގެ އެންމެ ބޮޑު އެއް ބާރަކީ ހަނގުރާމައިގެ މައިދާނުގައި ވަރަށް އަވަހަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގެ ގާބިލްކަމެވެ. އެއްގަމު މަގުން ދިގު ރާސްތާއަކަށް، އަދި އާންމު އުޅަނދުތަކަށް ނުދެވޭފަދަ އުނދަގޫ ބިންތަކުގައިވެސް ހަލުވިކަމާއެކު ސިފައިންނާއި ހަތިޔާރު އުފުލުމުގެ ގާބިލްކަން މީގެ ސަބަބުން ލިބިގެންދެއެވެ.
މެކަނައިޒްޑް އިންފެންޓްރީ އުޅަނދުތަކުގައި އާންމުކޮށް ބޮޑެތި ބަޑި މެޝިންގަން، އަދި ޓޭންކުތަކަށް ހަމަލާދޭ މިސައިލް ހަރުކޮށްފައި ހުރެއެވެ. މިއީ ހަމައެކަނި ސިފައިން އުފުލުމުގެ އިތުރުން، އަމިއްލަ އަށް ހަތުރުންނަށް ވަރުގަދަ ހަމަލާތަކެއް ދީ، ޓޭންކުތަކަށް އެހީތެރިވެދިނުމުގެ ގާބިލްކަން ލިބިގެންވާ ބާރެކެވެ.