ތައިލެންޑުގައި ކުދި ރޯމަސް ރޮލާ ކެއުމުން ފުރަމޭގައި ފަންޏެއް އުފެދެނީ

ތައިލެންޑުގެ ނޫސްތަކުގައިވާ ގޮތުން މި އިލްތިމާސް ނެރެފައިވަނީ ރޯމަސް ބޭނުންކޮށްގެން ތައްޔާރުކުރާ ސަގާފީ ބައެއް ކެއުންތަކުގެ ސަބަބުން ފުރަމޭގެ "ފްލޫކް" ނަމަކަށް ކިޔާ ފަންޏެއް ހަށިގަނޑަށް އެތެރެވުމުގެ ނުރައްކާ ބޮޑުވެފައިވާތީ އެވެ.

ތައިލެންޑުގެ ކޯރުތަކާއި ފެންގަނޑުތަކުން ބާނާ ކަށި ހުންނަ ކުދިމަސް ރައްކާތެރިކަމާއެކު ކައްކައިގެން ކެއުމަށް އެގައުމުގެ ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ. 

ތައިލެންޑުގެ ނޫސްތަކުގައިވާ ގޮތުން މި އިލްތިމާސް ނެރެފައިވަނީ ރޯމަސް ބޭނުންކޮށްގެން ތައްޔާރުކުރާ ސަގާފީ ބައެއް ކެއުންތަކުގެ ސަބަބުން ފުރަމޭގެ "ފްލޫކް" ނަމަކަށް ކިޔާ ފަންޏެއް ހަށިގަނޑަށް އެތެރެވުމުގެ ނުރައްކާ ބޮޑުވެފައިވާތީ އެވެ. މި ފަންޏަކީ ފުރަމޭގެ ބައިލް ޑަކްޓް ކެންސަރު ޖެހުމަށް ސީދާ މަގުފަހިވާ އެއްޗެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގައި މި ބާވަތުގެ ކެންސަރު އެންމެ ގިނައިން ޖެހެނީ ތައިލެންޑު މީހުންނަށެވެ. ހާއްސަކޮށް އެޤައުމުގެ އިރުއުތުރު (ނިއުސް ނޯތުއީސްޓް) ސަރަޙައްދުތަކުގައި މި މައްސަލަ ވަރަށް ބޮޑެވެ.

މިކަމާ ގުޅިގެން ތައިލެންޑުގެ ނޭޝަނަލް ހެލްތު ސެކިއުރިޓީ އޮފީހުން ވަނީ އާންމުން ހޭލުންތެރިކުރުވުމަށާއި ބަލި ކުރިއާލާ ދެނެގަތުމަށް ހާއްސަ ކެމްޕޭނެއް ފަށާފަ އެވެ. މި ގޮތުން، ކުޑަކަމުދާ ތަކެތި ބޭނުންކޮށްގެން 10 މިނެޓުގެ ތެރޭގައި މި ފަނި ހަށިގަނޑުގައި ހުރިތޯ ބަލައިދޭ ޓެސްޓު ކިޓު ތައިލެންޑުގެ ރައްޔިތުންނަށް ހިލޭ ދޫކުރަން ވަނީ ފަށާފަ އެވެ.

އަހަރަކު އެވްރެޖްކޮށް 20,000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހޭއިރު، ފާއިތުވި 10 އަހަރު ތެރޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު 200,000 އަށްވުރެ މައްޗަށް އަރަ އެވެ. 

ސިއްހީ މާހިރުން ވިދާޅުވާގޮތުގައި މި ފަނި ހަށިގަނޑަށް އެތެރެވުމަށްފަހު ކެންސަރަށް ބަދަލުވުމަށް 20 އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތެއް ނަގައެވެ. އެހެންކަމުން، ރޯމަސް ބޭނުންކޮށްގެން ހަދާ ސަލަޑްތަކާއި ފަރމެންޓް ކޮށްފައި ހުންނަ މަހުގެ ބާވަތްތައް ބޭނުންކުރުމުގައި ސަމާލުވުމަށާއި، މަސް ރަނގަޅަށް ކައްކައިގެން ނޫނީ ނުކެއުމަށް ސިއްހީ އިދާރާތަކުން ވަނީ އިންޒާރުދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.