އެމްޕީއެލް އިން ބުނީ މީގެ ކުރިން މާލެ ނޯތު ހާބަގެ "އޭ ޒޯން" (ބޮޑުތަކުރުފާނު މަގާވީ ފަރާތް) އިން ފެނާއި ކަރަންޓުގެ ޚިދުމަތެއް ނުލިބެ އެވެ. ކަރަންޓާއި ފެނުގެ ޚިދުމަތް މީގެ ކުރިން ފޯރުކޮށްދެނީ "ބީ ޒޯން" އަދި "ސީ ޒޯން" އިންނެވެ.

މާލޭ ނޯތު ހާބަރގެ "އޭ ޒޯން"ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ ނިޒާމް ޤާއިމްކުުރުމަށް މި ކުންފުނިން ކުރިއަށް ގެންދިޔަ މަސައްކަތްތައް ފުރިހަމަކުރުމަށްފަހު، "އޭ ޒޯން" އިން ފެނާއި ކަރަންޓްގެ ޚިދުމަތް ފަށައިފި އެވެ.
އެމްޕީއެލް އިން ބުނީ މީގެ ކުރިން މާލެ ނޯތު ހާބަގެ "އޭ ޒޯން" (ބޮޑުތަކުރުފާނު މަގާވީ ފަރާތް) އިން ފެނާއި ކަރަންޓުގެ ޚިދުމަތެއް ނުލިބެ އެވެ. ކަރަންޓާއި ފެނުގެ ޚިދުމަތް މީގެ ކުރިން ފޯރުކޮށްދެނީ "ބީ ޒޯން" އަދި "ސީ ޒޯން" އިންނެވެ.
އެހެން ނަމަވެސް، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫޢޫގެ ދެވަނަ ސެގްމަންްޓް ފުރިހަމަކޮށް، މާލޭ ނޯތު ހާބަރު ސަރަހައްދު އަލުން ހުޅުުވުމާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލޭ ނޯތު ހާބަރގެ ޚިދުމަތް ފުޅާކޮށް، "އޭ ޒޯން"ގައި ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަންގަވައިފަ އެވެ. އެހެންކަމުން، މި އަހަރުގެ މާރިޗު މަހުގެ ތެރޭަގައި "އޭ ޒޯން"ގައި ކަރަންޓާއި ފެން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މި ކުންފުނިން ފެށިއެވެ.
މާލޭ ނޯތު ހާބަގެ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މާލޭ ނޯތު ހާބަރ ބޭނުންކުރާ އޮޑި ދޯނި ފަހަރަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމެކެވެ. މިހާރު "އޭ ޒޯން" އިން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ފެން ފޯރުކޮށްދޭ 16 ޕޮއިންޓް ވަނީ މިހާރު އެ ސަރަހައްދުގައި ޤާއިމްކޮށްފައެެވެ.
ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމް ޤާއިމްކުރުމަށް މާލޭ ނޯތު ހާބަރ އަދި މި ކުންފުނީގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރަމެވެ.