މިގޮތުން، މިދިޔަ ހަފްތާގައި އެކަނިވެސް 55 މީހަކަށް މި ބަލި ޖެހިފައިވާކަމަށް ހެލްތުން ބުންޏެވެ.

ފާއިތުވި ހަފްތާގެ ތެރޭގައި އިތުރު 55 މީހަކަށް ހިމަބިހި ޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުން އަންނައިރު، މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 121 އަށް އަރައިފަ އެވެ.
މިގޮތުން، މިދިޔަ ހަފްތާގައި އެކަނިވެސް 55 މީހަކަށް މި ބަލި ޖެހިފައިވާކަމަށް ހެލްތުން ބުންޏެވެ.
ގައިންގަޔަށް އަރާ މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، ކޮންޓެކްޓުން ހޯދާ ޓެސްޓުކުމުގެ މަސައްކަތް ކުރަމުންދާއިރު ބަލީގެ ނުރައްކާ އޮތް ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް އަންނަނީ މިހާރު ކުރަމުންނެވެ.
އެގޮތުން މިހާތަނަށް 5495 ފަރާތަށް ހިމަބިހީގެ ވެކްސިން ދީފައިވާކަމަށް ހެލްތުން ބުންޏެވެ.
ރާއްޖޭގައި ހިމަބިހި ނައްތާލާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވަނިކޮށް، 2022ވަނަ އަހަރު އެ ބަލި ޖެހިގެން ރިޕޯޓު ކުރިއިރު ވެސް، އޭގެ ތެރޭގައި ހިމެނެނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނެވެ.