ފުލުހުން ރޭ ވަނީ ހުޅުމާލޭގެ މަގުތަކުގައި ހުންނަ ޕޭވްމެންޓް މަތީ އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ، އެކަން އެގޮތަށް ނުކުރަން އިލްތިމާސް ކޮށްފަ އެވެ. އަދި މިއަދު ވަނީ އެގޮތަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށައިފަ އެވ

ހުޅުމާލޭގެ މަގުތަކުގައި ހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް ޕޭވްމެންޓްތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ފުލުހުން ޓޯކުރަން ފަށައިފި އެވެ.
ފުލުހުން ރޭ ވަނީ ހުޅުމާލޭގެ މަގުތަކުގައި ހުންނަ ޕޭވްމެންޓް މަތީ އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ، އެކަން އެގޮތަށް ނުކުރަން އިލްތިމާސް ކޮށްފަ އެވެ. އަދި މިއަދު ވަނީ އެގޮތަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
ފުލުހުން ބުނީ ކުޑަކުދިންގެ ޕްރޭމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ، އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ އުޅަނދެއް ޕޭވްމެންޓް މަތީ ދުއްވުމާއި ޕާކުކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށެވެ.

ހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ފުލުހުން ޓޯކުރަން ފަށާފައިވާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހުރިހާ ފްލެޓް ސަރަހައްދެއްގައި އެ ގޮތަށް އުޅަނދު ޕާކުކޮށްފައި ހުންނަކަން ފާހަގަވެ އެވެ.
އެގޮތުން ޕޭވްމެންޓްގެ ދެ ފަޅީގައި ސައިކަލު ޕާކުކޮށްފައި ހުންނައިރު، ހިނގާ މީހުން ހިނގަން ޖެހެނީ ދެ ފަރާތުގައި އަތުރާފައި ހުންނަ ސައިކަލު ބަރީގެ މެދުންނެވެ. ހަމައެގޮތަށް މީހުންނަށް އުނދަގޫވާހެން ކާރުތައް ވެސް ޕާކުކޮށްފައި ހުރެ އެވެ.