އަމިއްލަ ގޮތުން ހުޅުމާލޭގައި ކުނި އުކައިދޭން އުޅުނު ދެ ބިދޭސީން ހިފަހައްޓައިފި

ފުލުހުން ބުނީ އިއްޔެ ހެނދުނު މި ދެ މީހުން ހިފަހައްޓާފައި ވަނީ ކުނި އުފުލުމަށް ބޭނުންކުރި ޕިކަޕާއެކުގައި ކަމަށެވެ.

ކުނި އުކައިދިނުމުގެ މަސައްކަތުގައި އުޅެނިކޮށް އަތުލައިގަތް ދެ ބިދޭސީން --

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކުނި ނަގައިގެން އުކާލުމުގެ މަސައްކަތުގައި އަމިއްލައަށް ހަރަކާތްތެރިވަމުން ދިޔަ ދެ ބިދޭސީން ފުލުހުން ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.

އެއީ “ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް” ގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ މޮނިރް 39، އާއި، “އޭޔޫ ފެހުން” ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ ހަބީބު އުލާހް 43، އެވެ. 

ފުލުހުން ބުނީ އިއްޔެ ހެނދުނު މި ދެ މީހުން ހިފަހައްޓާފައި ވަނީ ކުނި އުފުލުމަށް ބޭނުންކުރި ޕިކަޕާއެކުގައި ކަމަށެވެ.

މި ދެ މީހުންނަކީ ރާއްޖޭގައި އަމަލުކުރަމުން އަންނަ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި، ކުނި މެނޭޖުކުރުމުގެ ގާނޫނާއި، އިމިގްރޭޝަން ގާނޫނުގެ އިތުރުން ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ހުޅުމާލޭގައި އަމިއްލައަށް ކުނި ނަގައި އުކާލުމުގެ މަސައްކަތްކުރަމުން ދިޔަ ބައެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އެ މީހުން މިހާރު އެ އިދާރާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.