އެކަމާ ގުޅޭ ގޮތުން މިއަދު ނެގި ވޯޓުގައި ބައިވެރިވި 64 މެންބަރުން ވަނީ އެ ފަރާތްތަކަށް ރުހުން ދިނުމަށް ތާއީދު ކުރައްވައިފަ އެވެ.

ހަތަރު ގައުމެއްގެ ސަފީރުންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.
ހާރިޖީ ކޮމިޓީން ދިރާސާ ކުރުމަށް ފަހު ވޯޓާ ހަމާގައި މިއަދު އޮތީ ސައުތު އެފްރިކާ އާއި ޗެކް ރިޕަބްލިކް އާއި އިސްލާމިކް ރިޕަބްލިކް އޮފި މޮރިޓޭނިއާ އަދި ކެންޔާ އަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމުގެ މައްސަލަ އެވެ.
އެކަމާ ގުޅޭ ގޮތުން މިއަދު ނެގި ވޯޓުގައި ބައިވެރިވި 64 މެންބަރުން ވަނީ އެ ފަރާތްތަކަށް ރުހުން ދިނުމަށް ތާއީދު ކުރައްވައިފަ އެވެ.