ރާއްޖޭގެ ދަރަނި ފޮތުގައި ދައްކާ 44 ލޯނެއް | މި އަހަރު ދެ ލޯނު ނެގި

ލޯނު ހިސާބުތައް ދައްކާ ރާއްޖޭގެ ލޯނު ލިސްޓުގައި ޖުމްލަ 142 ލޯނެއް ހިމެނެ އެވެ. މީގެ 98 ލޯނެއް ވަނީ ދައްކާ ހަލާސްކޮށްފަ އެވެ. އަދި މި ވަގުތު 44 ލޯނެއް ދައްަކަން ޖެހެ އެވެ.

ފިނޭންސް މިނިސްޓަރު ޒަރީރު އަދި އެ މިނިސްޓްރީގެ އިކޮނޮމިސްޓުންނާއެކު --- ފިނޭންސް

ރާއްޖޭގެ އެންމެ ފުރަތަމަ ލޯނެއް ނެގި ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަނީ 4، ޖޫން 1979 އެވެ. މި ލޯނެއް ނަގާފައިވަނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) ގެ "ފަސްޓް ފިޝަރީޒް ޕްރޮޖެކްޓް" އަށެވެ. މި ލޯނުގެ ޖުމްލަ އަދަދަކީ ގާތްގަނޑަކަށް 2.48 މިލިއަން ޑޮލަރެވެ. އޭގެފަހުން މިއަދަދާ ހަމައަށް ދައްކަން ޖެހޭ ލޯނުގެ ޖުމްލަ 44 އަށް އަރާއިރު މި ސަރުކާރުން އަލަށް ދެ ލޯނެއް ނަގާފައިވާ ކަމަށް ދައްކައިފި އެވެ. 

ފިނޭންސް މިނިސްޓްރީގެ ލޯނު ހިސާބުތައް ދައްކާ ރާއްޖޭގެ ލޯނު ލިސްޓުގައި ޖުމްލަ 142 ލޯނެއް ހިމެނެ އެވެ. މީގެ 98 ލޯނެއް ވަނީ ދައްކާ ހަލާސްކޮށްފަ އެވެ. އަދި މި ވަގުތު ދައްކަން ޖެހޭ "އެކްޓިވް" 44 ލޯނެއް އެބަހުއްޓެވެ. މި ލޯނުގެ ޖުމްލަ އަދަދު 1.32 ބިލިއަން ޑޮލަރަށް އަރަ އެވެ. އަދި އެންމެ ގިނަ ލޯނު ނަގާފައިވަނީ ޑޮލަރުންނެވެ. އެގޮތުން 15 ލޯނެއް ޖުމްލަ 618 މިލިއަން ޑޮލަރުން ނަގާފައިވެ އެވެ. 


މި ހިސާބުތަކުން އެނގޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި އަހަރު ދެ ލޯނެއް ނެގި އެވެ. މި ލޯނުތަކުގެ ޖުމްލަ އަދަދު 80 މިލިއަން ޑޮލަރަށް އަރަ އެވެ. މި ލޯނުތައް ނަގާފައިވަނީ ބަނދަރު ހެދުމާއި މުހިންމު ހިދުމަތްތައް ދިނުމަށެވެ. 

މި ސަރުކާރުން ނެގި ދެ ލޯނު

  •  ލޯނު ނެގި ތާރީހު - 14 އެޕްރީލް 2026
  •  ލޯނު ދޫކުރި ފަރާތް - އޯޕެކް ފަންޑް
  •  މަޝްރޫއުގެ ނަން - ގިނަ ރަށްތަކެއްގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު
  •  ލޯނުގެ އަދަދު - 40 މިލިއަން ޑޮލަރު
  •  ދެވަނަ ލޯނު - 10 މެއި 2026
  •  ލޯނު ދޫކުރި ފަރާތް - އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން / ވޯލްޑް ބޭންކް
  •  މަޝްރޫއުގެ ނަން - މުހިންމު ޚިދުމަތްތަކަށް ކުއްލި އެހީ ފޯރުކޮށްދިނުމުގެ މަޝްރޫއުތައް
  •  ލޯނުގެ އަދަދު - 40 މިލިއަން ޑޮލަރު

ބޮޑު ލޯނެއް ނެގީ ރައީސް ސޯލިހުގެ ވެރިކަމުގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވަނީ. --ފޮޓޯ: އެމްޑީޕީ

ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު ލޯނެއް ނަގާފައިވަނީ 30، އެޕްރީލް 2021 ގަ އެވެ. އެއީ 500 މިލިއަން ޑޮލަރުގެ ސްކޫކް އެކެވެ. އަދި ވަކި މަޝްރޫއަކަށް ބަލާއިރު އެންމެ ބޮޑު ލޯނެއް ނަގާފައިވަނީ 18 މާޗް 2019ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އެއީ އިންޑިއާގެ ކުރެޑިޓް ލައިންއިން ނެގި 450.8 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެކެވެ. 

އެންމެ ގިނަ ލޯނު ދޫކުރި ފަރާތް

  •  އޭޑީބީ - ޖުމްލަ ލޯނުގެ އަދަދު 21
  •  އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް - ޖުމްލަ ލޯނުގެ އަދަދު 20
  •  ވޯލްޑް ބޭންކް، އައިޑީބީ - ޖުމްލަ ލޯނު 18 ލޯނު

މި ހިސާބުތަކުން އެނގޭ ގޮތުން މާލީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ރާއްޖެއަށް ދީފައިވަނީ ޗައިނާ އެގްޒިމް ބޭންކުންނެވެ. އެ ބޭންކުން ޖުމްލަ 6 ލޯނު ނަގާފައިވާއިރު، އެއީ އެއާޕޯޓް ބޮޑުކުރުމަށް  ނެގި 373.8 މިލިއަން ޑޮލަރުގެ ލޯނަކާއި ސިނަމާލެ ބްރިޖަށް ޗައިނާއިން ދިން 455.6 މިލިއަން ޗައިނީޒް ޔުއާން، އަދި ހުޅުމާލޭގެ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތަކަަށް ދިން ލޯނުތަކެވެ. ޖުމްލަ ދެ ލޯނެއްގެ ދަށުން 850.8 މިލިއަން ޑޮލަރު ކުރެޑިޓް ލައިނަށް 450.8 މިލިއަން އަދި ތިލަމާލެ ބްރިޖް / ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއަށް 400 މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ. މީގެ އިތުރުން ތިންވަނައަށް އެންމެ ގިނައިން ލޯނު ދެނީ ސައޫދީ އަރަބިއްޔާއިންނެވެ. އެ ގައުމުން ޖުމްލަ 10 ލޯނެއްގެ ދަށުން 1.52 ބިލިއަން ސައުދީ ރިޔާލް ދޫކޮށްފައިވެއެވެ. މީގެ ތެރޭގައި އެއާޕޯޓް ތަރައްޤީކުރުމާއި ހުޅުމާލެ ތަރައްގީކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ. 

ޖުމްލަ ދަރަނި 10 ބިލިއަން ޑޮލަރުގައި

މި ލޯނުތަކާއެކު ރާއްޖޭގެ ދައުލަތުގެ ޖުމްލަ ދަރަނި، ދައުލަތުން ސީދާ ނަގާފައިވާ ދަރަންޏާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި އެއްކޮށް ހުރީ 154.85 ބިލިއަން ދިވެހި ރުފިޔާގަ އެވެ. މިއީ ގާތްގަނޑަކަށް 10 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމުގެ ނިސްބަތުން، ބަލާނަމަ ގާތްގަނޑަކަށް 124.4% އެވެ. އަދި އެތެރޭގެ ދަރަނި ގާތްގަނޑަކަށް 91 ބިލިއަން ރުފިޔާ އެވެ. މިއީ ރާއްޖޭގެ ބޭންކުތަކާއި ޕެންޝަން ފަންޑު އަދި ސަރުކާރުގެ ޓީ-ބިލްތަކާއި ބޮންޑުތަކަށް ދައްކަންޖެހޭ ފައިސާ އެވެ. އަދި ބޭރުގެ ދަރަނި ހުރީ ގާތްގަނޑަކަށް 63 ބިލިއަން ރުފިޔާ 4.42 ބިލިއަން ޑޮލަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.