ރާއްޖޭގައި މަސްވެރި 501 އުޅަނދު | މި އަހަރު އަލަށް 59 އުޅަނދު

މި ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރު 191 އުޅަނދެއްލައިސަންސް އާކޮށް މަސައްކަތަށް ނުކުތެވެ. އަދި މި އަދަދު މި އަހަރު ވަނީ 250 އަށް އިތުރުވެފަ އެވެ.

މަސް ދޯންޏެއްގައި މަސްވެރިންތަކެއް މަހަށް ފުރަނީ -- ޒުވާން މަސްވެރިޔާ ފޮޓޯ

މިދިޔަ އަހަރަށްވުރެ މި އަހަރު ކަޅުބިލަ މަހުގެ މަސްވެރިކަމަށް އިތުރު 59 އުޅަނދެއް ނުކުމެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިިފި އެވެ. 

މަސްވެރިކަމާ ބެހޭ ވުޒާރާއިން އުފައްދާފައިވާ މަސްވެރިންގެ ދަފުތަރު ދައްކާ ގޮތުން ކަޅުބިލަ މަހާއި ކަންނެލި އަދި މަސްވެރިކަމުގެ އެހެން ބާވަތްތަކަށް ލައިސަންސް ނަގައިގެން ރަސްމީކޮށް މި މަސައްކަތުގައި މި ވަގުުތު ހަރަކާތެރިވާ އުޅަނދުގެ ޖުމްލަ އަދަދު އުޅެނީ 501 ގަ އެވެ. 

މި ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރު 191 އުޅަނދެއް ވަނީ މަސްވެރިކަން ކުރަން ނަގަން ޖެހޭ ލައިސަންސް އާކޮށް މަސައްކަތަށް ނުކުމެފަ އެވެ. އަދި މި އަހަރު މި އަދަދު އުޅެނީ 250 ގަ އެވެ. އެހެންވެ މިއީ 59 އުޅަނދުގެ އިތުރުވުމެކެވެ. 

ފިޝަރީޒް މިނިސްޓްރީގެ މި ހިސާބުތަކުން އެނގޭ ގޮތުން ދޮށީގެ މަސްވެރިކަމާއެކު ކަންނެލި މަސްވެރިކަން ކުރާ އުޅަނދުގެ ޖުމްލަ އަދަދު އުޅެނީ 441 ގަ އެވެ. މީގެތެރޭގައި ހިމެނެނީ ހަމައެކަނި ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށް ހަރަކާތްތެރިވާ 138 އުޅަނދާއި ދޮށީގެ މަސްވެރިކަމާއި އަތުން ބާނާ ކަންނެލި މަސްވެރިކަމަށް ލައިންސް ނަގާފައިވާ 255 އުޅަނދު އަދި ދޮށީގެ މަސްވެރިކަމާއެކު އެހެނިހެން ބާވަތްތައް ކަމަށްވާ ފަރުމަހާއި ވަދު މަސްވެރިކަމަށް ފަދަ އެހެނހެން ބާވަތްތަކުގެ މަސްވެރިކަމަށް ލައިންސް ނެގި 48 އުޅަނދެވެ. 

އެއް ޒަމާނެއްގައި ދިވެހި މަސްވެރިކަމުގެ މައިބަދަ ކަމުގައިވި ލަކުޑި ދޯނިފަހަރުގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. މި ހިސާބުތަކުން އެނގޭ ގޮތުން މިހާރު ރާއްޖޭގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ލަކުޑި އުޅަނދުގެ އަދަދަކީ 114 އެވެ. އަދި ފައިބަރުކުރި އުޅަނދުގެ އަަދަދު ހުރީ 387 ގަ އެވެ. ލަކުޑި ދޯނި ފަހަރު މަދުވަމުން ދަނީ އެ ފަދަ ދޯނި ފަހަރު ބަލަހައްޓަން ބޮޑު ހޭދައެއް ކުރަންޖެހުމާއި، ބަނުމަށް ބޭނުންވާ ފެންވަރު ރަނގަޅު ލަކުޑި ލިބުން ދަތިވުމުގެ ސަބަބުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.