ކްރިމިނަލް ކޯޓުގެ ގާޒީންގެ މުސާރައަކީ މަހަކު 37،700 ރުފިޔާ އެވެ. އަދި ލިވިން، ރިސްކް އަދި ފޯނު އެލަވަންސްގެ ގޮތުގައި 22،300 ރުފިޔާ ލިބޭއިރު، މެޑިކަލް އިންޝުއަރެންސް ވެސް ލިބެ އެވެ.

ކްރިމިނަލް ކޯޓަށް ތިން ގާޒީން ހޯދަން. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާނު ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީންގެ މުސާރައަކީ މަހަކު 37،700 ރުފިޔާ އެވެ. އަދި ލިވިން، ރިސްކް އަދި ފޯނު އެލަވަންސްގެ ގޮތުގައި 22،300 ރުފިޔާ ލިބޭއިރު، މެޑިކަލް އިންޝުއަރެންސް ވެސް ލިބެ އެވެ.
ޖޭއެސްސީން ކުރި އިއުލާނުގައި ބުނީ، އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަނުގެ 'ފަހިރެސް ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމު ހުސްވެފައި ވަނީ އެ ކޯޓުގައި ހުންނެވި ގާޒީ އިސްމާއިލް ޝަފީއު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމާއެކު އެ މަގާމު ހުސްވުމުންނެވެ. އަދި އެ ކޯޓުގެ ގާޒީ ކަމުގައި ހުންނެވި ހުސައިން ފާއިޒް ރަޝާދު މަގާމުން ވަކިކުރުމާ ގުޅިގެން އެ މަގާމުވެސް ހުސްވެފައިވާތީ އެވެ.