ހިޔާގެ ޓަވަރުތަކަށް ސްޓްރެޗާ އުފުލޭ ލިފްޓު، އާންމުންނަށް ހުޅުވާލައިފި

ހިޔާގެ ކޮންމެ ޓަވަރެއްގައި ހަރުކުރި އިތުރު ދެ ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އަދި އެ ލިފްޓުތަކުގައި 21 މީހުންގެ ޖާގަ ހުންނާނެ އެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު ވާހަކަ ދައްކަވަނީ -- އެޗްޑީސީ

ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއު އެއްކޮށް ނިންމައި، އާ ލިފްޓުތައް އާންމުންނަށް ހުޅުވާލައިފި އެވެ.

މިކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަލަށް ހަރުކުރި ލިފްޓުތައް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް އެވެ. މި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާގެ 25 ފަންގިފިލާގެ 16 ޓަވަރު ތަރައްގީކުރިއިރު އެތަންތަނުގައި ހަރުކޮށްފައިވަނީ ސްޓްރެޗާ އެރުވޭހާ ޖާގަ ތަނަވަސް ލިފްޓުތަކެއް ނޫނެވެ. އަދި ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން ފްލެޓުތަކަށް އަރައި ފޭބުމަށް ދަތިވާކަމުގެ ކަންބޮޑުވުން އެ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް، ހިޔާގެ ކޮންމެ ޓަވަރެއްގައި ޖާގަ ތަނަވަސް، އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ހިޔާގެ ކޮންމެ ޓަވަރެއްގައި ހަރުކުރި އިތުރު ދެ ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އަދި އެ ލިފްޓުތަކުގައި 21 މީހުންގެ ޖާގަ ހުންނާނެ އެވެ.

އެޗްޑީސީގެ އެމްޑީ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު ވިދާޅުވީ، ހިޔާ ޓަވަރުތަކުގައި ޖުމްލަ 32 އިތުރު ލިފްޓު ހަރުކޮށް ނިންމައި އެތަންތަން އާންމުންނަށް ހުޅުވާލެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އަލަށް ހަރުކުރި ލިފްޓުތަކުގެ ނަތީޖާއެއްގެ ގޮތުން، ކުއްލި ހާލަތުގައިވެސް ބަލި މީހުން އުފުލުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. ހަމައެއާއެކު، ހިޔާ ޓަވަރުތަކަށް އެމްބިއުލާންސްއަށް ފަސޭހައިން ވަދެ ނުކުމެވޭނެ ގޮތް ވެސް މިހާރު ހަދާފައިވާ ކަމަށް އެމްޑީ އަލީ ޒުހައިރު ވިދާޅުވިއެވެ.
އެމްޑީ އިތުރަށް ވިދާޅުވީ، އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގެ ސަހަރަކީ ދިރިއުޅުމަށް ފަސޭހަ އަދި، ހުރިހާ ގޮތަކުންވެސް ލުއިފަސޭހަކަމާއެކު ހިދުމަތްތައް ލިބޭނެ ތަނަކަށް ހެދުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.