ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު، ފިނޭންސް މިނިސްޓަރުކަމަށް އައްޔަނުކުރުމާ ގުޅިގެން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ހުސްވެފައިވާ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މި ދެ ބޭފުޅުންގެ ނަން ހުށަހެޅުއްވީ، ޓެކްސް ކޮމިޝަނަރުގެ މަގާމަށް ހުޅުވައިލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެ މަގާމަށް އައްޔަނުކުރަން ފެންނަ ބޭފުޅުންކަމަށް ވިދާޅުވެ އެވެ.
އަމީޒާ އަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީ އިން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމުގަ އެވެ.
ހަލީމަކީ ޔުނިވާސިޓީ އޮފް ލަންޑަން އިން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، އެކައުންޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު، ފިނޭންސް މިނިސްޓަރުކަމަށް އައްޔަނުކުރުމާ ގުޅިގެން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.