މާލޭގެ ހާޑްވެއާ ފިހާރައެއް ފަޅާލައިގެން ވައްކަން ކުރި ދެ މީހަކު ހައްޔަރަށް

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލައް، ދިގުވާނޑު، ފެއަރީ، އަހުމަދު ނަސްރު 46، އާއި ށ. ޅައިމަގު، ހިތަށްފިނިވާގެ، ފާރިސް އަލީ ޝަރީފް 35، އެވެ.

ވައްކަމުގެ މައްސަލައިގައި ހައްޔަރު ކުރި ދެމީހުން --

މާލޭގެ ހިތަށްފިނިވާމަގުގައި ހުންނަ ހާޑްވެއާ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެ ފިހާރައިން ވައްކަންކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. 

މި މައްސަލަ ހުށަހެޅުމާއެކު ސީސީޓީވީ ފުޓޭޖު ބަލައި، ވައްކަންކުރި މީހުން ދެނެގަނެ އެ މީހުން ހޯދައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ފިހާރައިން އެ މީހުން ވަގަށް ނެގި ލޮއިނަރު ރޯލުތައް މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލައް، ދިގުވާނޑު، ފެއަރީ، އަހުމަދު ނަސްރު 46، އާއި ށ. ޅައިމަގު، ހިތަށްފިނިވާގެ، ފާރިސް އަލީ ޝަރީފް 35، އެވެ. 

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.