ކުޑަކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން އެކުއްޖާ އާއި މައުލޫމާތު ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުދީފި އެވެ. 
އެ މީހާއަކީ 12 އަހަރުގެ އަންހެން ކުއްޖަކާއި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހަމަތުވި މައްސަލައެއް މިދިޔަ އަންގާރަ ދުވަހުގެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި 49 އަހަރުގެ ދިވެހި ފިރިހެނަކެވެ. 
ކުޑަކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން އެކުއްޖާ އާއި މައުލޫމާތު ފުލުހުން ހިއްސާއެއް ނުކުރެ އެވެ. އެކަމަކު އެ މީހާ ނިސްބަތް ވަނީ އުތުރުގެ ވަރަށް މަޝްހޫރަށަކަށެވެ.