ޖުލައި ފެށުން | ޓޫރިސްޓުން އަންނަ އަދަދަށް ބޮޑު އިތުރުވުމެއް

މިމަހުގެ މިދިޔަ ހަތަރު ދުވަހު ރާއްޖެއަށް ޖުމްލަ 22,636 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ރާއްޖެ އައި ޓޫރިސްޓަކަށް ވީއައިއޭގައި މަރުހަބާ ކިޔަނީ

މި އަހަރުގެ ޖުލައި މަހު ފެށުމާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް ބޮޑު އިތުރުވުމެއް ފާހަގަ ވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިދިޔަ ހަތަރު ދުވަހު ރާއްޖެއަށް ޖުމްލަ 22,636 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ މި މުއްދަތުގައި އައި 22,297 ޓޫރިސްޓުންގެ ނަމްބަރުން އަޅާކިޔާނަމަ 1.5 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިދިޔަ ހަތަރު ދުވަހު ވަނީ ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުވެފަ އެވެ. މިދިޔަ މަހު އެވްރެޖުކޮށް 3،000 ޓޫރިސްޓުން އައިނަމަވެސް މިމަހު އެވްރެޖުކޮށް 5،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އިއްޔެ އެކަނި 6,434 ޓޫރިސްޓުން އައިސްފައިވެ އެވެ. 

ރާއްޖެއަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ މާކެޓްތަކުގެ އެއްވަނައިގައި އޮތީ ޗައިނާ އެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ޗައިނާ އިން 174,201 ފަތުރުވެރިން (16.3% މާކެޓް ހިއްސާ) އައިސްފައިވެ އެވެ. ދެވަނައިގައި ރަޝިޔާ އޮތީ 154,198 ފަތުރުވެރިންނާއެކުގަ އެވެ.

ޓޫރިސްޓުން ޒިޔާރަތް ކުރި ނަމްބަރެއް

  • ޔޫކޭ (87,768 ފަތުރުވެރިން)
  • އިޓަލީ (74,456 ފަތުރުވެރިން)
  • ޖަރުމަނު (68,079 ފަތުރުވެރިން)
  • އިންޑިއާ (64,550 ފަތުރުވެރިން)

މި އަހަރުގެ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,092,518 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފި އެވެ. މިއީ ވޭތުވެދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.