ތިނަދޫ ކައުންސިލް ގޮނޑި ގެއްލުން: އެމްޑީޕީން ކޯޓަށް ދަނީ

ނަޝީދު ވިދާޅުވި ގޮތުގައި އެ ނިންމުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު--ފޮޓޯ: ރައީސް އޮފީސް

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅި މައްސަލަ ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޝުޖާއުގެ މަގާމް ގެއްލިއްޖެ ކަމަށް އެލްޖީއޭ އިން ކަނޑައަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ ކަމާ ގުޅިގެން ޕާޓީގެ ބޮޑެތި ކަންބޮޑުވުންތައް ހުރި ކަމަށެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ 29 ވަނަ މާއްދާ އާ ހަވާލާދީ އޭނާ މަގާމް ގެއްލުވާލާފައިވީ ނަމަވެސް އެއީ އެއްވެސް ކައުންސިލަރަކު ވަކި ކުރުމަށް ބާރު ލިބިދޭ މާއްދާއެއް ނޫން ކަމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ކައުންސިލަރެއްގެ ޝަރުތު ބަޔާން ކުރަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގައި، އެ މާއްދާގައި ބުނާ އެއްވެސް ޝަރުތެއް ގެއްލިގެނެއް ނުދޭ،" ނަޝީދު ވިދާޅުވި އެވެ.

އެހެންވެ، އެ މައްސަލަ ޝަރީއަތަށް ގެންދަން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް އެމްޑީޕީގެ ވަކީލުން ކުރަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޝުޖާއު މީގެ ކުރިން ހުންނެވީ ދަ ޑިމޮކްރެޓްސް ޕާޓީގަ އެވެ. އެ ޕާޓީ އުވާލުމާ ގުޅިގެން އޭނާ ވަނީ އެމްޑީޕީ އަށް ބަދަލުވެފަ އެވެ. އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭ އިން ނިންމީ އޭނާ ޕާޓީ ބަދަލުވި ކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ އޮތޯރިޓީ އަށް އެންގުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.