ދެ މީހަކު މަރާލި ލަންކާގެ ގާތިލު ރާއްޖެއިން ހިފަހައްޓައި ފުރުވާލައިފި

އޭނާ ވަނީ ގާނޫނީ ވަކީލަކާއި އެ ވަކީލުގެ އަނބިމީހާ ގަޔަށް ބަޑި ޖަހައި މަރާލާފައި

ލަންކާ އެއާޕޯޓުގައި އޭނާގެ މޫނު ފޮރުވައިގެން ގެންދަނީ--

ސްރީ ލަންކާގައި ދެ މީހަކު މަރާލި މައްސަލާގައި ހޯދަމުންދިޔަ މީހަކު ރާއްޖެއިން އަތުލައިގަނެ ފުރުވާލައިފި އެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި އުމުރުން 23 އަހަރުގެ ލަންކާ މީހާ ވަނީ ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާ އަށް ބަޑިން ހަމަލާދީ މަރާލައިފަ އެވެ.

އޭނާ އަތުލައިގެންފައި ވަނީ މިދިޔަ ހުކުރު ދުވަހު ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރާ ހިސާބުންނެވެ.

އެއަށް އިއްޔެ މެންދުރު ފަހުގެ ފްލައިޓުން އޭނާ ފޮނުވާލުމުން ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އޮފިސަރުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.

ލަންކާގެ ނޫސްތަކުގައި ބުނެފައި ވަނީ އެ މީހާއަކީ މިދިޔަ ފެބްރުއަރީ މަހުން ފެށީގެން އެ ގައުމުގެ ތަލަންގަމާ ޕޮލިސް ޑިވިޝަންގެ ބާރުގެ ދަށުގައިވާ އަކުރެގޮޑާ ސަރަހައްދުގައި، ގާނޫނީ ވަކީލަކަށާއި އޭނާގެ އަންހެނުންނަށް ބަޑިން ހަމަލާދިން މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ މީހެކެވެ.

އޭނާ ހޯދަން އިންޓަޕޯލްގެ ރެޑްނޯޓިސް ވެސް ވަނީ ނެރެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.