ހިމަބިހި ކޭސްތަކުގެ ތެރެއިން ގިނައީ 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން

ޑރ. ފައިސަލް ވިދާޅުވި ގޮތުގައި، ހިމަބިހި މިހާބޮޑަށް ފެތުރިގެން ގޮސްފައިވަނީ ވެކްސިން ނުޖަހާ މީހުން ގިނަވުމުގެ ސަބަބުންނެވެ.

ހިމަބިހި ވެކްސިންގެ ދެ ޑޯޒް ނުޖަހާ މީހުންނަށް ވެކްސިން ދޭން ފަށައިފި --

ރާއްޖޭގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުން އަންނައިރު، މިހާތަނަށް ހިމަބހި ޖެހިގެން ރިޕޯޓުކޮށްފައިވާ 72 މީހުންގެ ތެރޭގައި ގިނައީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހިމަބިހި ނައްތާލާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވަނިކޮށް، 2022ވަނަ އަހަރު އެ ބަލި ޖެހިގެން ރިޕޯޓު ކުރިއިރު ވެސް، އޭގެ ތެރޭގައި ހިމެނެނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުން ކަމަށް، ޑރ. ފައިސަލް ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެ ބަލި މި ފަހުން ފެތުރެން ފެށި ފަހުން 72 ކޭސް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެންމެ ހަތަރު ކުޑަކުދިން ކަމަށް އޭނާ ވިދާޅުވި އެވެ. ބާކީ ތިބި އެންމެންނަކީ ވެސް އުމުރުން 15-35 އަހަރުގެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ފައިސަލް ވިދާޅުވި ގޮތުގައި، ހިމަބިހި މިހާބޮޑަށް ފެތުރިގެން ގޮސްފައިވަނީ ވެކްސިން ނުޖަހާ މީހުން ގިނަވުމުގެ ސަބަބުންނެވެ.
 
އެހެންކަމުން، އެ އުމުރުފުރާގެ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ޑރ. ފައިސަލް އިލްތިމާސް ކުރެއްވި އެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ ވެކްސިން ޖަހަން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ވަނީ ފަށައިފަ އެވެ.

އެޗްޕީއޭ އިން ބުނީ ހިމަބިހި ފެތުރުން ކުޑަކުރަން ޖަހާ އެމްއާރް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިޔަށް ދާނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރު ނުފުރޭ ކުޑަ ކުދިންނަށް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.