މި ޖަނާޒާގައި އިޙްތިރާމް އަދާކުރުމަށްޓަކައި އެކި ޤައުމުތަކުގެ ވެރިންނާއި އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. ކޮންމެ ގައުމެއްގެ ވަފުދެއް ވަޑައިގަންނަވާ ވަގުތު ކީރިތި ގުރުއާނުގެ އާޔަތްތަކެއް ބޭނުންކުރެވުނެވެ.

އެމެރިކާ އާއި އިސްރާއިލުން ބޮން އަޅާ ޝަހީދުކޮށްލި އީރާނުގެ ދީނީ މުރުޝިދު އާޔަތުﷲ ޚާމަނައީގެ ދައުލަތުގެ ޖަނާޒާ ތެހެރާންގައި އިއްޔެ ވަނީ ބާއްވާފަ އެވެ. ގާތްގަނޑަކަށް 14 މިލިއަން މީހުން ބައިވެރިވި މި ޖަނާޒާގައި އިހްތިރާމް އަދާކުރުމަށްޓަކައި އެކި ގައުމުތަކުގެ ވެރިންނާއި އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. ރަސްމިއްޔާތުގެ ތެރޭގައި ކޮންމެ ޤައުމެއްގެ ވަފުދެއް ވަޑައިގަންނަވާ ވަގުތު ކީރިތި ޤުރުއާނުގެ އާޔަތްތަކެއް ބޭނުންކުރެވުނެވެ. ނަމަވެސް، މި އާޔަތްތަކުން ބައިނަލްއަޤްވާމީ ވަފުދުތަކަށް ނުސީދާ (ސިއްރު) މެސެޖު ތަކެއް ދީފައިވެ އެވެ. މިގޮތުން އެކި ގައުމުތަކުގެ ވަފުދުތައް ގެންގޮސްފައިވަނީ ތަފާތު މެސެޖު ތަކެއް ހިމެނޭ ގޮތަށެވެ.
ސޫރަތުލް އިސްރާ: 80 - "އަދި ކަލޭގެފާނު ވިދާޅުވާށެވެ. އަޅުގެ ވެރިރަސްކަލާކޯ އެވެ! ތެދުވެރިކަމާއި ފުރިހަމަކަމާއެކު (މަރުހަބާ ކިޔޭގޮތުގައި) ތިމަންއަޅާ ވައްދަވާނދޭވެ. އަދި ތެދުވެރިކަމާއި ފުރިހަމަކަމާއެކު ތިމަންއަޅާ ނެރުއްވާނދޭވެ! އަދި އިބަރަސްކަލާނގެ ހަޟްރަތުން ތިމަންއަޅާއަށް ނަޞްރުދޭނޭ ބާރެއް (ނުވަތަ ވެރިކަމެއް) ދެއްވާނދޭވެ."
ސޫރަތު އާލްޢިމްރާން: 13 - "ހަމަކަށަވަރުން، (ބަދުރު ހަނގުރާމައިގައި) ބައްދަލުވި ދެލަޝްކަރުގައި ތިޔަބައިމީހުންނަށް ހެކިތަކެއްވެއެވެ. އެއްލަޝްކަރަކީ ﷲ ގެ މަގުގައި ހަނގުރާމަކުރާ ލަޝްކަރެކެވެ. އަނެއް ލަޝްކަރަކީ ކާފިރުވެގެންވާ ލަޝްކަރެކެވެ. ލޮލަށް ފެންނަ ފެނުމުގައި އެކާފިރުންނަށް އެމީހުންގެ ދެގުނައަށް މުއުމިނުން ފެނެއެވެ. ﷲ، އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އެކަލާނގެ ނަޞްރުން ބާރުވެރިކަން ދެއްވަތެވެ. ހަމަކަށަވަރުން، ބުއްދީގެ އަހުލުވެރިންނަށް އެކަމުގައި ޢިބުރަތެއްވާކަން ކަށަވަރެވެ."
ސޫރަތުލް ފަތުޙު: 2-3 - "އެއީ ﷲ، ކަލޭގެފާނުގެ އިސްވެދިޔަ ފާފައާއި ފަސްވެދިޔަ ފާފަ ފުއްސަވައިދެއްވުމަށެވެ. އަދި އެކަލާނގެ ނިޢުމަތް ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވުމަށާއި، ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގުދެއްކެވުމަށެވެ. އަދި ގަދަވެގެންވާ ނަޞްރަކުން ﷲ ކަލޭގެފާނަށް ނަޞްރުދެއްވުމަށެވެ." ސޫރަތުލް ފަތުޙު: 2-3 / ޕޯސްޓުގައި ލިޔެފައިވަނީ 48:1 އެކަމަކު އާޔަތުގެ މާނަ ގުޅެނީ 2 އަދި 3 އަށް
ސޫރަތުއް ނިސާ: 95 - "ޖިހާދަށް ނުގޮސް ގޭގައި ތިބޭ މީހުންނާއި (އެބަހީ: އުޒުރެއްނެތި) އެމީހުންގެ މުދަލާއި ނަފްސުން ﷲ ގެ މަގުގައި ޖިހާދުކުރާ މީހުން ހަމަހަމައެއް ނުވެ އެވެ. އެމީހުންގެ މުދަލާއި ނަފްސުން ޖިހާދުކުރާ މީހުންނަށް، ގޭގައި ތިބޭ މީހުންނަށްވުރެ ދަރަޖައިގެ ގޮތުން ﷲ މަތިވެރިކުރެއްވިއެވެ. އަދި ކޮންމެ ބަޔަކަށްމެ ހެޔޮ ދަރުމަ (ސުވަރުގެ) ﷲ ވަޢުދުކުރެއްވިއެވެ. އަދި ގޭގައި ތިބޭ މީހުންނަށްވުރެ ބޮޑުވެގެންވާ އަޖުރަކުން ޖިހާދުކުރާ މީހުން ﷲ މަތިވެރިކުރެއްވި އެވެ."
ސޫރަތު އާލްޢިމްރާން: 173 - "އެމީހުންނަކީ، އެމީހުންނަށް މީސްތަކުން (އެބަހީ: އަބޫ ސުފްޔާނާއި އޭނާގެ ބައިވެރިން) ބުންޏެވެ: 'ހަމަކަށަވަރުން، މީސްތަކުން ތިޔަބައިމީހުންނާ ދެކޮޅަށް ލަޝްކަރުތައް އެއްކޮށްފިއެވެ. ފަހެ، އެމީހުންދެކެ ބިރުގަންނާށެވެ!' އެބަސްވުމުން އެ މީހުންގެ އީމާންކަން އިތުރުވި އެވެ. އަދި އެ މީހުން ބުންޏެވެ: 'ތިމަންމެންނަށް ﷲ ފުދެ އެވެ. އަދި އެކަލާނގެއީ އެންމެ ފުރިހަމަ ވަކީލު ކުރެވޭ ފަރާތެވެ.'"