ފައިނޭންޝަލް އެކްސްޕޯއަށް 16،000 އަށްވުރެ ގިނަ މީހުން ދިޔަ

މި އަހަރު ފިނަންޝަލް ޓެކްނޮލޮޖީ (ފިންޓެކް) ހިދުމަތްދޭ ފަރާތްތައް ހިމެނޭހެން ޖުމްލަ 38 ފަރާތަކުން ބައިވެރިވި އެވެ.

ފައިނޭންޝަލް އެކްސްޕޯގެ ސްޓޯލެއް ، މި އަހަރު ބޮޑު ތަރުހީބެއް ލިބުނު -- އެމްއެމްއޭ

ނުވަ އަހަރަށްފަހު ބޭއްވި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަށް 16،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ. 

ހުޅުމާލެ ސެލްޓަލް ޕާކުގައި ބޭއްވި "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" އިންނެވެ.މި މައުރަޒުގައި ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި މާލީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން ފިނަންޝަލް ޓެކްނޮލޮޖީ (ފިންޓެކް) ހިދުމަތްދޭ ފަރާތްތައް ހިމެނޭހެން ޖުމްލަ 38 ފަރާތަކުން ބައިވެރިވި އެވެ. މި ހަރުގެ އެކްސްޕޯއަށް ދާ ފަރާތްތަަކަށް ގިނަ އިނާމުތަކެއް ވެސް ވަނީ ދީފަ އެވެ. އަދި ގިނަ އިނާމުތަކެއް ހުށަހަޅާފައިވާއިރު ސަޕްލައިޒް އިނާމުގެ ގޮތުގައި ބައި ލައްކަ ރުފިޔާ ލިބޭނެ އެވެ.

މި މައުރަޒުގެ ސަބަބުން މާލީ ދާއިރާގެ ހުރިހާ ފަރާތްތަކެއް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، އާންމުންނަށް ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި، ރެގިއުލޭޓަރީ އިދާރާތަކާ ސީދާ މުޢާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.