ނިއުޔޯކުގެ ހޫނުމިން 103 ޑިގްރީ ފެރަންހައިޓަށް

މީޓިއޮރޮލޮޖިސްޓް މައިކް ވުޑްސް ވިދާޅުވި ގޮތުގައި ވައިގެ ތެއްކަށް ހުރި ގޮތުން މިއަދު ހަވީރުގެ ވަގުތުތަކުގައި ހޫނުމިން އިހުސާސް ކުރެވޭ މިންވަރު 105 އާއި 115 ޑިގްރީ ފަރެންހައިޓާ ދެމެދުގެ މިންވަރަކަށް މައްޗަށް ދާނެ އެވެ.

ނިއުޔޯކްގައި ހޫނުން ސަލާމަތްވާން މީހަކު ބޮލުގައި އެއްޗެއް އަޅައިގެން -- ނިއުޔޯކް ޓައިމްސް

ފަސް ދޮޅަސް އަހަރަށްފަހު ނިއުޔޯކުގެ ހޫނުމިން ރެކޯޑު އަދަދަކަށް މައްޗަށް ހިނގައިދާނެ ކަމުގެ އިންޒާރު ނެރެފި އެވެ.

އެމެރިކާގެ ނިއުޔޯކް ސިޓީއަށް މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން، ހޫނުމިން 103 ޑިގްރީ ފަރެންހައިޓް (ގާތްގަނޑަކަށް 39.4 ޑިގްރީ ސެލްސިއަސް) އަށް މައްޗަށް ދާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކޮށްފިއެވެ. މިއީ މީގެ 60 އަހަރު ކުރިން ނިއުޔޯކުން ރެކޯޑު ކުރެވުނު އެންމެ މަތީ ހޫނުމިނާ އެއްވަރުގެ އަދަދެކެވެ.

ފޮކްސް 5 ގެ މީޓިއޮރޮލޮޖިސްޓް މައިކް ވުޑްސް ވިދާޅުވި ގޮތުގައި ވައިގެ ތެއްކަށް ހުރި ގޮތުން މިއަދު ހަވީރުގެ ވަގުތުތަކުގައި ހޫނުމިން އިހުސާސް ކުރެވޭ މިންވަރު (ހީޓް އިންޑެކްސް) 105 އާއި 115 ޑިގްރީ ފަރެންހައިޓާ ދެމެދުގެ މިންވަރަކަށް މައްޗަށް ދާނެ އެވެ. އެހެންކަމުން މިހާރު ނެރެފައިވާ ކުއްލި ހޫނުގެ އިންޒާރަށް ސަމާލުވުން ވަރަށް މުހިންމެވެ. މިއަދު ހެނދުނު 10:30 އެހާކަންހާއިރު ވެސް ސެންޓްރަލް ޕާކް ސަރަހައްދުގައި 97 ޑިގްރީ ފަރެންހައިޓަށް ހޫނުމިން އިހުސާސް ކުރެވުނުއިރު، ނިއުއާކްގައި 100 އަދި ބެލްމާ ސަރަހައްދުގައި 108 ޑިގްރީ ފަރެންހައިޓަށް ހޫނުމިން ހުރީ މައްޗަށް ގޮސްފަ އެވެ.

ގަދަ ހޫނުގެ އިތުރުން، ވައިގެ ތެރޭގައި އޯޒޯންގެ މިންވަރު މަތިވުމުގެ ސަބަބުން މިއަދު ހެނދުނު 11:00 އިން ފެށިގެން މިރޭ 11:00 އާ ހަމައަށް މުޅި ސަރަހައްދަށް ވަނީ ވައިގެ ނުސާފުކަމުގެ (އެއާ ކޮލިޓީ) އެލާޓް ވެސް ނެރެފައެވެ. މިފަދަ މޫސުމެއްގައި ބޭރަށް ނިކުމެ އުޅޭއިރު ސިއްހީ ރައްކާތެރިކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.