މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ | މިއަދު ގޮސްގެން ބައި ލައްކަ ހޯދުމުގެ ފުރުސަތު

ފިނަންޝަލް ޓެކްނޮލޮޖީ (ފިންޓެކް) ހިދުމަތްދޭ ފަރާތްތައް ހިމެނޭހެން ޖުމްލަ 38 ފަރާތަކުން މި ފެއާގައި ބައިވެރިވެފައިވެ އެވެ.

ފައިނޭންޝަލް އެކްސްޕޯގެ ލަކީ ޑްރޯއެއްގެ ގުރުއަތު ނަަގަނީ --

މަރުކަޒީ ބޭންކުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 އަށް މިއަދު ގޮސްގެން ބައި ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.  

ހުޅުމާލެ ސެލްޓަލް ޕާކުގައި މިހާރު ކުރިއަށް ދާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" އިންނެވެ.މި މައުރަޒުގައި ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި މާލީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން ފިނަންޝަލް ޓެކްނޮލޮޖީ (ފިންޓެކް) ހިދުމަތްދޭ ފަރާތްތައް ހިމެނޭހެން ޖުމްލަ 38 ފަރާތަކުން ބައިވެރިވެ އެވެ. މި އަހަރުގެ އެކްސްޕޯއަށް ދާ ފަރާތްތަަކަށް ގިނަ އިނާމުތަކެއްވެސް ވަނީ ހުޅުވާލާފަ އެވެ. ގިނަ އިނާމުތަކެއް ހުށަހަޅާފައިވާއިރު މިއަދު ދާ ފަރާތްތަކަށް ސަޕްލައިޒް އިނާމުގެ ގޮތުގައި ބައި ލައްކަ ރުފިޔާ ލިބޭނެ އެވެ.  

މި އަހަރު ހުށަހަޅާފައިވާ އެހެން އިނާމުތައް

  • މަރުކަޒީ ބޭންކް - 15 އެޕަލް އައިޕެޑް (ކޮންމެ ދުވަހަކު 5 އައިޕެޑް)
  • މަރުކަޒީ ބޭންކް - 5,000 ރުފިޔާގެ ހަނދާނީ ނޫޓު (ކޮންމެ ދުވަހަކު 7 ނޫޓު)
  • އެހެނިހެން އެގްޒިބިޓަރުން - 2 މެކްބުކް، 2 އެއާޕޮޑްސް، އަދި ހޮލިޑޭ ޕެކޭޖެއް
  • ގިފްޓް ކާޑުތައް - 5,000ރ ގެ 3 ކާޑު، 1,000ރ ގެ 12 ކާޑު، އަދި 500ރ ގެ 36 ކާޑު

މި މައުރަޒުގެ ސަބަބުން މާލީ ދާއިރާގެ ހުރިހާ ފަރާތްތަކެއް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، އާންމުންނަށް ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި، ރެގިއުލޭޓަރީ އިދާރާތަކާ ސީދާ މުޢާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.