މިދިޔަ އަހަރު ކަނޑައެޅި ލަނޑުދަނޑި ހާސިލްނުވުމާ ނުވެގެން ލަންކާއިން ވަނީ މި ޓޫރިޒަމްގެ އަންދާޒާ ދަށްކޮށްފަ އެވެ.

މިދިޔަ ޖޫން މަހު ފަތުރުވެރިން ސްރީލަންކާއަށް ޒިޔާރަތްކުރި މިންވަރު 9.90 އިންސައްތަ ދަށަށް ގޮސްފިއެވެ.
ލަންކާ ޓޫރިޒަމްގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހު 138,241 ފަތުރުވެރިން ލަންކާ އަށް ގޮސްފައިވާއިރު، މި އަހަރުގެ ޖޫން މަހު އެ ގައުމަށް ޒިޔާރަތްކުރީ 124,551 ފަތުރުވެރިންނެވެ.
އެ ގައުމުގެ ޓޫރިޒަމް މައުލޫމާތުތަކުން އެނގޭ ގޮތުން ގައުމަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އިންޑިއާ، މި މަހުވެސް އޮތީ އެއްވަނައިގަ އެވެ. އެގޮތުން އިންޑިއާ އިން 43,423 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖޫން މަހުގެ ޖުމްލަ ފަތުރުވެރިންގެ 35 އިންސައްތަ އެވެ. އިންޑިއާގެ އިތުރުން ދެން އެންމެ ގިނައިން ފަތުރުވެރިން އައީ އިނގިރޭސިވިލާތް (10,474 ފަތުރުވެރިން) އަދި އޮސްޓްރޭލިއާ (8,710 ފަތުރުވެރިން) އިންނެވެ.
މިދިޔަ އަހަރު ކަނޑައެޅި ލަނޑުދަނޑި ހާސިލްނުވުމާ ގުޅިގެން، ސްރީލަންކާއިން ވަނީ 2026 ވަނަ އަހަރަށް 3 މިލިއަން ފަތުރުވެރިން ގެނައުމުގެ ބޮޑު އަމާޒެއް ހިފާފަ އެވެ. މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެ ގައުމަށް ޖުމްލަ 1,146,573 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.