ރާއްޖޭގެ ޓޫރިސްޓް ބެޑް ކެޕޭސިޓީ 68،000 އަށްވުރެ މައްޗަށް

ރާއްޖޭގެ ފަތުރުވެރިކަމުގެ ޖުމްލަ އެނދުގެ އަދަދު ވަނީ 68,854 އަށް އަރާފައެވެ. އަދި މީގެތެރެއިން %98.6 އެނދު މިހާރު ހުރީ އޮޕަރޭޝަނުގަ އެވެ.

މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔަނީ -- ވީއައިއޭ

މުޅިރާއްޖޭގައި ހުރި ޓޫރިސްޓް ބެޑް ކެޕޭސިޓީ ނުވަތަ ޖުމްލަ އެނދުގެ އަދަދު 68،000 އަށްވުރެ އިތުރު ވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ބަލާބަމަ ރާއްޖޭގެ ޓޫރިސްޓުން ޖުމްލަ އެނދުގެ އަދަދު ވަނީ 68,854 އަށް އަރާފައެވެ. އަދި މީގެތެރެއިން %98.6 އެނދު މިހާރު ހުރީ އޮޕަރޭޝަނުގަ އެވެ. 

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ޖުމްލަ 1,303 ފެސިލިޓީއެއް މިހާރު ދަނީ ހިންގަމުންނެވެ.

ފެސިލިޓީތަކާއި އެނދުގެ އަދަދުތައް ބެހިފައިވާ ގޮތް

  • ރިސޯޓު - 185 ރިސޯޓުން ޖުމްލަ 45,963 އެނދު
  • ގެސްޓްހައުސް - 929 ގެސްޓްހައުހުން ޖުމްލަ 16,722 އެނދު
  • ސަފާރީ- 173 އުޅަނދުން ޖުމްލަ 3,515 އެނދު
  • ހޮޓާ - 16 ހޮޓަލުން ޖުމްލަ 2,654 އެނދު

މި ހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު ހިއްސާއެއް އަދިވެސް ކުރަނީ ރިސޯޓުތަކުންނެވެ. ނަމަވެސް ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓްހައުސްތަކުގެ އަދަދު 900 އިން މައްޗަށް އަރާފައިވުމަކީ ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އޮޕަރޭޓްކުރާ ޖުމްލަ އެނދުގެ އަދަދު ހުރީ 67،868 ގަ އެވެ. އެގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށް، އޮޕަރޭޝަނުގައި ހުރި އެނދުގެ ބޮޑު ހިއްސާއެއް ކުރަނީ ރިސޯޓުތަކުންނެވެ. އެގޮތުން ޖުމްލަ އެނދުގެ ތެރެއިން 44,977 އެނދަކީ ރިސޯޓު އެނދެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.