ސިވިލް ސާވަންޓުން ގަޑި ނުޖެހޭ ގޮތަށް އިތުރު 30 މިނެޓު ދީފި

އެގޮތުން، ރަސްމީ މަސައްކަތު ގަޑިން ފެށިގެން 'ބަފާ' ގަޑީގެ ގޮތުގައި 30 މިނެޓު ލިބޭނެ އެވެ. ނަމަވެސް 'ބަފާ' ގަޑީގައި އޮފީހަށް ހާޒިރުވާނަމަ ސަބަބު ބަޔާންކޮށް އެޗްއާރަށް އަންގަން ޖެހެ އެވެ.

ދައުލަތުގެ އެންމެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ -- ފޮޓޯ: ސޯޝަލް މީޑިއާ

ދިމާވާ ހާއްސަ ހާލަތެއްގެ ސަބަބުން ސިވިލް ސާވިސް މުވައްޒަފުން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭނަމަ، 30 މިނެޓުގެ 'ބަފާ' ޓައިމެއް ލިބޭ ގޮތަށް ސިވިލް ސާވިސް ގަވައިދު އިސްލާހުކޮށްފި އެވެ.

ގަވައިދަށް އަލަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ މުވައްޒަފުންނަށް ދޭ "ބަފާ" ގަޑިއަކީ އެމީހުންނަށް ދިމާވާ ވަކި ހާއްސަ ހާލަތަކާ ގުޅިގެން ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކަށް، އިތުރު ހުއްދައަކާ ނުލައި މަސައްކަތުގެ ގަޑި އެޖަސްޓުކުރުމަށް ދޭ ވަގުތެކެވެ.

އެގޮތުން، ރަސްމީ މަސައްކަތު ގަޑިން ފެށިގެން 'ބަފާ' ގަޑީގެ ގޮތުގައި 30 މިނެޓު ލިބޭނެ އެވެ. ނަމަވެސް 'ބަފާ' ގަޑީގައި އޮފީހަށް ހާޒިރުވާނަމަ ސަބަބު ބަޔާންކޮށް އެޗްއާރަށް އަންގަން ޖެހެ އެވެ. އަދި އެ ގަޑީގެ ފަހުން އޮފީހަށް ޙާޒިރުވާނަމަ ބަލާނީ ގަޑި ޖެހުނު ކަމަށެވެ.

ނަމަވެސް އެ ވަގުތުގެ ފަހުން އެއްވެސް ސަބަބަކާ ހުރެ އޮފީހަށް ހާޒިރުވާ ގަޑި އެޖަސްޓު ނުކޮށްދެވޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

ގަވައިދުގައިވާ ގޮތުން، 'ބަފާ' ގަޑީގައި މުވައްޒަފު އެޖަސްޓު ކުރާ ވަގުތަށް ބަލައި، އެވަގުތު އޮފީސް ނިމޭ ގަޑިއަށް އިތުރު ކުރެވިގެން ދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.