ފައިނޭޝަލް އެކްސްޕޯ | ޒަމާނީ ބަދަލަށް ލޯހުޅުވިލަން ދާން ޖެހޭ

ރާއްޖެއަށް ދަނީ ފިންޓެކްސް ފަސޭހަތަށް އަންނަމުންނެވެ. މިކަންކަން އެނގެން ޖެހެ އެވެ. މިފަދަ އެތައް ކަމެއް ހުޅުމާލޭގައި ކުރިއަށްދާ މައުރަޒުން ލިބެން ހުންނާނެ އެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ބައެއް ސްޓޯލްތައް

ގެ ހަދަން ބޭނުންވިޔަސް އޮޅުން ބޮޅުން ބޮޑު މާލީ އެކި ވަސީލަތްތަކުގެ މައުލޫމާތެއް ނޭނގެ އެވެ. ރަނގަޅު ފައިނޭންޝަލް ފެސިލިޓީތަކެއް ހުއްޓަސް އޭގެ މައުލޫމާތެއް ނޭނގެ އެވެ. ދެން އޮތީ ތަކެތީގެ އަގުތައް ބޮޑުވަމުން ދާއިރު އަތުގައި ހުރި ފައިސާކޮޅު އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނެ ގޮތްތައް ބެލުމެވެ. ފައިނޭންޝަލް ޓެކްނޮލޮޖީ (ފިންޓެކް) ވަސީލަތްތަކުގެ ވާހަކަ ދުނިޔޭގެ ޓެކް ހަބަރުތަން އިވުނަސް ރާއްޖެ އަށް މި ފަސޭހަތައް އަންނަކަމެއް ނޭނގެ އެވެ. ދަރިވަރުން ފަހަށް ރައްކާ ކުރަން ހުރި ފުރުސަތުތައް މި ތަނުން އެނގޭނެ އެވެ.ތުއްތު ދަރިފުޅު އުފަންވާ ހިސާބުން އެ ދަރިފުޅުމުގެ މުސްތަގުބަލަށްޓަކައި މާލީ ގޮތުން ފުދުންތެރިކަމަށް ހުރި ފުރުސަތުތައް މި މައުރަޒުން ކިޔައިދޭނެ އެވެ. މިކަންކަން އެންމެ ރަނގަޅު އެނގެން ބޭނުންވެ އެވެ. 

މި ހުރިހާ ކަމެއް އެއް ތަނަކުން ފެނިގެންދާނީ މަރުކަޒީ ބޭންކުން އިންތިޒާމުކޮށްގެން ހުޅުމާލެ ސެލްޓަލް ޕާކުގައި މިހާރު ކުރިއަށް ދާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" އިންނެވެ.މި މައުރަޒުގައި ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި މާލީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން ފިނަންޝަލް ޓެކްނޮލޮޖީ (ފިންޓެކް) ހިދުމަތްދޭ ފަރާތްތައް ހިމެނޭހެން ޖުމްލަ 38 ފަރާތަކުން ބައިވެރިވެ އެވެ. 

ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ މި އަހަރުގެ ފައިނޭންޝަލް އެކްސްޕޯ އަށް ދާ ފަރާތްތަކަށް ގިނަ އިނާމު ތަކެއް ވެސް ވަނީ ހުޅުވާލާފަ އެވެ.ބޭނުމަކީ ފެއާ އަށް ވީހާވެސް ގިނަ ބަޔަކު ގޮސް އެ ތަންތަނުގައި ހުރި ސްޓޯލްތަކުގެ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ބާރު އެޅުމެވެ. 

މައުރަޒަށް ޒިޔާތަތް ކުރުމުން ގިނަ އިނާމުތަކެއް

  • ބޭންކް އޮފް މޯލްޑިވްސް - ގްރޭޑް ޕްރައިސް 25،000ރ
  • މަރުކަޒީ ބޭންކް - 15 އެޕަލް އައިޕެޑް (ކޮންމެ ދުވަހަކު 5 އައިޕެޑް)
  • މަރުކަޒީ ބޭންކް - 5,000 ރުފިޔާގެ ހަނދާނީ ނޫޓު (ކޮންމެ ދުވަހަކު 7 ނޫޓު)
  • އެހެނިހެން އެގްޒިބިޓަރުން - 2 މެކްބުކް، 2 އެއާޕޮޑްސް، އަދި ހޮލިޑޭ ޕެކޭޖެއް
  • ގިފްޓް ކާޑުތައް - 5,000ރ ގެ 3 ކާޑު، 1,000ރ ގެ 12 ކާޑު، އަދި 500ރ ގެ 36 ކާޑު

ފައިނޭންޝަލް އެކްސްޕޯ 2026 އަކީ ވަކި ފަރުދުންގެ އިތުރުން ވިޔަފާރިތަކާއި ސްޓާޓްއަޕްތަކަށް ވެސް މުހިންމު މައުޒަކަށްވެ އެވެ. މި އެކްސްޕޯގެ ތެރެއިން ވިޔަފާރިވެރިންނަށް އެކި ބޭންކުތަކުގެ މަންދޫބުންނާ ސީދާ ބައްދަލުކޮށް، އެއްވެސް ފޯމަލްއެޕޮއިންޓްމަންޓަކާ ނުލައި ލޯނު ޕްރޮޑަކްޓްތަކާއި ބިޒްނަސް އެކައުންޓުތަކާއި އަދި ކްރެޑިޓް ފެސިލިޓީތަކާ ބެހޭގޮތުން މަޝްވަރާކޮށް އަޅާކިޔާލުމުގެ ފުރުސަތު ލިބެ އެވެ. 

މި މައުރަޒުގެ ސަބަބުން މާލީ ދާއިރާގެ ހުރިހާ ފަރާތްތަކެއް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، އާންމުންނަށް ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި، ރެގިއުލޭޓަރީ އިދާރާތަކާ ސީދާ މުޢާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ބައިވެރިވާ ފަރާތްތަކުން ދަނީ ބޭންކިން އިންޝުއަރެންސް، އިންވެސްޓްމަންޓް ޑިޖިޓަލް ޕޭމަންޓް އަދި މާލީ ރޭވުންތެރިކަމާ ގުޅޭ މަޢުލޫމާތާއި ލަފާ ފޯރުކޮށްދެމުންނެވެ.ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި މާލީ ދާއިރާއަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި މާލީ ދާއިރާގެ މާހިރުންގެ ޕެނަލް މަޝްވަރާތައް ކުރިއަށްދާނެ އެވެ.މިއީ މާލީ ޚިދުމަތްތަކާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް ހަރުދަނާ މާލީ ނިންމުންތައް ނިންމުމަށް މަގު ފަހިކޮށްދިނުމަށް ރޭވިފައިވާ ކަންކަމެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 އަކީ ހަމައެކަނި އާންމު މައުލޫމާތު ދޭ މައުރަޒެއް ނޫނެވެ. މިއީ މިފަދަ ވަގުތެއްގައި މާލީ ނިޒާމުގެ ބައިވެރިވުން އިތުރުކޮށް ގައުމީ ވިލުންތެރިކަން ދެމެހެއްޓުމަށްޓަކައި އެޅުނު ވަރަށް މުހިންމު މައުރަޒެކެވެ. އަދި  ފައިނޭންސިންގް ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމުގައި މި އެކްސްޕޯ މުހިންމު ދައުރެއް އަދާކުރެ އެވެ. ރާއްޖެ މިސްރާބު ޖަހާފައިވަނީ ޑިޖިޓަލް އިގްތިސާދަކަށެވެ. އެހެންކަމުން، މި ވަގުތަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެމްއޭ އިން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށް މުޅި މުޖުތަމައު މާލީ ގޮތުން ބާރުވެރިކުރުވަން އެންމެ މުހިންމު ވަގުތެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.