ހޯމް ކޮންޓެންޓް ތަކާފުލް ނެގުމުން ގޭގައި ހުންނަ ފަރުނީޗަރާއި އިލެކްޓްރޯނިކްސް، ޓީވީ ފަދަ ތަކެތި އަދި ބަދިގޭގެ ސާމާނުގެ މާލީ ބަދަލު ކަވަރުކޮށްދޭނެއެވެ.

އާ ގެއަކަށް ބަދަލުވާއިރު ކުރިން ނުވާ ވަރަށް ގިނަ ތައްޔާރީތައް މިހާރުވެ އެވެ. މި ފަހުން ދޫކުރި އެޕާޓްމަންޓްތަކަށް ބަލާލި ކަމުގައިވިއަސް މިކަން ވަރަށް ރަނގަޅަށް ފެނެއެވެ. ކޮންމެ މީހަކު ވެސް ބަލަނީ އެ މީހަކުގެ އެޕާޓްމަންޓް އެންމެ ފުރިހަމަ ކުރާށެވެ. އެންމެ ރީތި ފަރުނީޗަރު ހޯދާށެވެ. އެންމެ އަގުބޮޑު، ފުރިހަމަ، ރީތި ދިރިއުޅުމަށް ފަސޭހަކަން ގެނެސްދޭ އާލާތްތައް ހޯދުމަށެވެ. އެހެންވެ އަގުބޮޑު ޓީވީ އާއި ދޮންނަ މެޝިން ހޯދަ އެވެ. ނަމަވެސް މި ހުރިހާ އެއްޗެއް ހޯދުމަށްފަހު ގެއަށް ވަންނަތަނުން ދިމާވާ ކުއްލި ހާދިސާއަކުން މުޅި ދިރިއުޅުން ފަހަތަށް ސޮއްސާލަ އެވެ.
ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި ގޭގެ އާއި އެޕާޓްމަންޓްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތައް ދަނީ އިތުރުވަމުންނެވެ. މޫސުމީ ބަދަލުތަކާއެކު ފެންބޮޑުވެ ގޭގައި ހިފާ ގެންގުޅޭ އާލާތްތަކަށް ކޮންމެ އަހަރަކުވެސް ގެއްލުންތަކެއްވެއެވެ. އެހެންކަމުން މިފަދަ ހާދިސާތަކުން ލިބޭ ގެއްލުމުން އަރައިގަނެވޭނެ ގޮތެއް ހޯދާއިރު، މި ވަގުތު ހުރި އެންމެ މުހިންމު އެއްގޮތަކީ އެލައިޑް ތަކާފުލްގެ ހޯމް ކޮންޓެންޓް ތަކާފުލްއެވެ.
ހޯމް ކޮންޓެންޓް ތަކާފުލް ނެގުމުން ގޭގައި ހުންނަ ފަރުނީޗަރާއި އިލެކްޓްރޯނިކްސް، ޓީވީ ފަދަ ތަކެތި އަދި ބަދިގޭގެ ސާމާނުގެ މާލީ ބަދަލު ކަވަރުކޮށްދޭނެއެވެ. މިގޮތުން އަލިފާން ރޯވުމާއި ހޮނުއެޅުން އަދި ގޭސް ފުޅި ފަދަ ތަކެތި ގޮވުން އަދި ދުމުގެ ސަބަބުން ލިބޭ ގެއްލުން ވެސް ހިމެނެ އެވެ. އަދި ވިއްސާރަވެ ފެން ބޮޑުވުން ފަދަ ގެއްލުން ތަކަނީ މޫސުމީ ވިއްސާރާއިގެ ދުވަސްވަރު ކުރިމަތިވާ ގެއްލުން ތަކެވެ. މި ކަމަށް ވެސް މި ޕެކޭޖުން ބަދަލު ލިބިދެ އެވެ. އަދި ވައްކަން ކުރުމާއި ފެން ހޮޅިފަޅައިގެން ދިއުން ފަދަ ކަންކަން ވެސް މީގެން ކަވަރުކުރެ އެވެ.
ހޯމް ކޮންޓެންޓް ތަކާފުލް ޕްލޭން އެލައިޑް ގެ މޯބައިލް އެޕްލިކޭޝަން އަދި މައި އެލައިޑް ޕޯޓަލް މެދުވެރިކޮށްވެސް ނެގޭނެ އެވެ. މި ޕްލޭންގެ އިތުރު މައުލޫމާތު އެލައިޑްގެ ހިލޭ ގުޅޭ ކަސްޓަމާ ކެއާ ނަންބަރު 1600 އަށް ގުޅުމުން ލިބޭނެ އެވެ.