ރާއްޖޭން 50,000 ޑޮލަރުގެ އެހީ އަންރުވާ މެދުވެރިކޮށް ފަލަސްތީނަށް

ރާއްޖޭން ފަލަސްތީނަށް 50,000 އެމެރިކާ ޑޮލަރުގެ އެހީއެއް ހަދިޔާކުރަން ހަމަޖެހިފައިވާކަން ސަރުކާރުން އިއުލާނުކޮށްފި އެވެ.

ރާއްޖެއިން އ.ދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު. | ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭން ފަލަސްތީނަށް 50,000 އެމެރިކާ ޑޮލަރުގެ އެހީއެއް ހަދިޔާކުރަން ހަމަޖެހިފައިވާކަން ސަރުކާރުން އިއުލާނުކޮށްފި އެވެ. 

އ.ދ.ގެ މައި މަރުކަޒުގައި އިއްޔެ ކުރިއަށްދިޔަ 'އަންރުވާ ޕްލެޖިންގް ކޮންފަރަންސް' ގައި 50,000 އެމެރިކާ ޑޮލަރުގެ އެހީއެއް އަންރުވާ މެދުވެރިކޮށް ފަލަސްތީނަށް ހަދިޔާކުރަން ހަމަޖެހިފައިވާކަން އިއުލާނުކުރެއްވީ، ރާއްޖެއިން އ.ދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އެވެ.

ދާއިމީ މަންދޫބުގެ ވާހަކަފުޅުގައި އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މަލީ ނިންމުމެއް ނޫންކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، ބައިނަލްއަގުވާމީ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ހިމާޔަތްކުރުމާ ގުޅުންހުރި ކަމެއްކަމުގައި ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ދާއިމީ މަންދޫބު ވަނީ މިހާރު އަންރުވާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އަންރުވާ އާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތައް ފާހަގަކޮށް، އަންރުވާގެ މުހިންމު މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައްވައިފަ އެވެ. 

އަދި، ދާއިމީ މަންދޫބު ވަނީ ދިވެހިރާއްޖޭގެ ރައްޔިތުން ތިއްބެވީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަމަށް ވިދާޅުވެފަ އެވެ.

2024 ވަނަ އަހަރުވެސް ރާއްޖެއިން ވަނީ އަންރުވާއަށް އެހީ ގެ ގޮތުގައި 50,000 އެމެރިކާ ޑޮލަރު ހަމަޖައްސާފައެވެ.

އަންރުވާ އަކީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދގެ އިދާރާ އެވެ.

އަންރުވާއިން ދަނީ، ޣައްޒާ، ހުޅަނގު އައްސޭރި، ލުބްނާނު، އުރުދުން އަދި ސޫރިޔާގައި ދިރިއުޅޭ ގާތްގަނޑަކަށް ފަލަސްތީނުގެ 2.6 މިލިއަން ރެފިއުޖީންނަށް ތައުލީމާއި، ސިއްހީ ހިދުމަތްތަކާއި އިޖުތިމާޢީ އަދި ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

ގިނަ ގައުމުތަކަކުން އެ އިދާރާއަށް ދޭ މާލީ އެހީ ކަނޑައިލުމުން އެ އިދާރާގެ މަސައްކަތްތައް ހުއްޓިދާނެކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް އދ.އިން ވަނީ ބުނެފަ އެވެ. 

އަންރުވާގެ ވެބްސައިޓުގައިވާ ގޮތުން 2025ވަނަ އަހަރު ގާތްގަނޑަކަށް 887 މިލިއަން ޑޮލަރުގެ ދޭން ގައުމުތަކުން ވެފައިވާ ވައުދުތަކާއި، އެ އިދާރާއަށް ލިބުނު 829 މިލިއަން ޑޮލަރަކީ، އެ އިދާރާއިން ބޭނުންވާ ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ އެންމެ 27 އިންސައްތަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.