މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ރައީސް ހުޅުވައި ދެއްވައިފި

ފައިނޭންޝަލް އެކްސްޕޯއަކީ މާލީ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށާއި މާލީ ހިދުމަތްދޭ ފަރާތްތަކާ އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެ އެވެ. މި އަހަރު 30 ފަރާތްކުން ބައިވެރިވެފައިވެ އެވެ.

ރައީސް ޑރ. މުއިއްޒު ފައިނޭންޝަލް އެކްސްޕޯ ހުޅުވައި ދެއްވަނީ -- ރައީސް އޮފީސް

ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރ ޚާއްސަކޮށްގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވާ ދެއްވައިފި އެވެ.  

އެމްއެމްއޭ އިން އިންތިޒާމުކޮށްގެން، މާލީ ދާއިރާގެ ހިދުމަތްތަކަށް ހާއްސަކޮށް ބާއްވާ މި އެކްސްޕޯ ކުރިއަށް ދާނީ ޖުލައި 2 އިން 4 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަކީ މާލީ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށާއި މާލީ ހިދުމަތްދޭ ފަރާތްތަކާ އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ މައުލޫމާތު ލިބިގަތުމަށް މަގުފަހި ކުރުމުގެ ގޮތުން އެމްއެމްއޭ އިން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި އަހަރުގެ އެކްސްޕޯގައި 30 ފަރާތަކުން ބައިވެރިވެފައިވެ އެވެ. 

ރައީސް ޑރ. މުއިއްޒު ފައިނޭންޝަލް އެކްސްޕޯ ހުޅުވައި ދެއްވަނީ -- ރައީސް އޮފީސް

މި އެކްސްޕޯގައި މާލީ ދާއިރާއާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މިގޮތުން އެކި ދާއިރާތަކުން ޕެނަލް ޑިސްކަޝަންތަކާއި ފައިނޭންޝަލް ލިޓްރެސީއަށް ހޭލުންތެރި ކުރުމުގެ ހަރަކާތްތައްވެސް އޮންނާނެ އެވެ. އަދި ރާއްޖޭގެ ބޭންކިން ދާއިރާގައި ހުރި ފުރުސަތުތައް މި އެކްސްޕޯގެ ތެރެއިން ކިޔައިދޭނެ އެވެ. 

މި އެކްސްޕޯ ހުޅުވައި ދެއްވީ ރައީސް ޑރ. މުއިއްޒު އެވެ. އަދި މި ރަސްމިއްޔާތުގައި ގަވަރުނަރު އަހުމަދު މުނައްވަރުގެ އިތުރުން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު އާއި މާލީ ދާއިރާގެ ގިނަ ފަރާތްތަކުން ބައިވެރިވެ އެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެމްއެމްއޭ އިން ފައިނޭންޝަލް އެކްސްޕޯ ކުރިއަށް ގެންދިޔައެވެ. 2015 އަދި 2017ގެ މި އެކްސްޕޯތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.