40 އަހަރަށް ފަހު ދިރާގުގެ ސީއީއޯ އިސްމާއިލް ރިޓަޔާ ކުރައްވަނީ

އެކަމާ ގުޅިގެން އިސްމާއިލް ވިދާޅުވީ ކުންފުންޏަށާއި ގައުމަށް ދިގު މުއްދަތަކަށް ހިދުމަތް ކުރަން ލިބުމަކީ ޝަރަފެއް ކަމަށާއި މާލީ ގޮތުންނާއި ހިދުމަތުގެ ގޮތުން ދިރާގު ވަރުގަދަ ހިސާބަކަށް ވަނީ އާދެވިފަ އެވެ.

ދިރާގުގެ ސީއީއޯ އިސްމާއިލް--

ދިރާގުގައި 40 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު އެ ކުންފުނީގެ ސީއީއޯގެ މަގާމުން އިސްމާއިލް ރަޝީދު ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.

ދިރާގުން ބުނީ އޭނާ އިސްމާއިލް ރިޓަޔާ ކުރައްވަން ނިންމެވުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯގެ މަގާމަށް ބައިނަލްއަގުވާމީ މުވާސަލާތީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ވަލްޑެމާ ފެރާޑާޒް އައްޔަން ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އިސްމާއިލް ވިދާޅުވީ ކުންފުންޏަށާއި ގައުމަށް ދިގު މުއްދަތަކަށް ހިދުމަތް ކުރަން ލިބުމަކީ ޝަރަފެއް ކަމަށާއި މާލީ ގޮތުންނާއި ހިދުމަތުގެ ގޮތުން ދިރާގު ވަރުގަދަ ހިސާބަކަށް އާދެވިފައިވާ ކަމަށެވެ.

ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ އެއްބާރުލުމާއެކު ދިރާގަށް ފާގަތި މުސްތަގުބަލެއް އޮތް ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ސީއީއޯ ވަލްޑޭ ފެރާޑާޒް ވިދާޅުވި ގޮތުގައި، ދިރާގަކީ ކަސްޓަމަރުންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެކެވެ. އަދި އޭނާގެ އަމާޒަކީ ޓެކްނޮލޮޖީގެ އާ އީޖާދުތަކާއެކު، ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ދިނުމުގައި ދިރާގުގެ މަގާމު ދެމެހެއްޓުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް އަކީ 1988 ވަނަ އަހަރު ދިރާގު އުފެދުނީއްސުރެ އެ ކުންފުނީގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ ކުންފުނީގެ ސީއީއޯގެ މަގާމާ ހަވާލުވީ 2015 ވަނަ އަހަރު އެވެ. 

އޭނާގެ ހިދުމަތުގެ ދައުރުގައި ރާއްޖޭގެ ހުރިހާ ރަށަކަށް މުވާސަލާތީ ހިދުމަތް ފުޅާކުރުމާއި ޖީއެސްއެމް މޮބައިލް ހިދުމަތް ތައާރަފްކުރުމާއި ދިރާގުގެ ސަބްމެރިން ކޭބަލް ނެޓްވޯކް ގާއިމުކުރުމުގެ އިތުރުން ރާއްޖޭގެ ހުރިހާ މީހުން ދިރިއުޅޭ ރަށަކަށް 100 ޕަސެންޓް ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުން ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.