އެޗްޑީސީގެ އައުޓްޑޯ ޖިމް މަޝްރޫއު | 71 ރަށަށް ސާމާނު ފޮނުވައިިފި

މި މަޝްރޫއުގެ ދަށުން މުޅިން އަލަށް 58 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރުމަށް ހަމަޖެހިފައި ވާއިރު 13 ރަށެއްގައި އައުޓްޑޯ ޖިމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދެ އެވެ.

ކުޅަރުގެ ވަސީލަތްތައް 71 ރަށެއްގައި ގާއިމް ކުރުމުގެ ގޮތުން އައުޓްޑޯ ޖިމް އެޅުމަށް ބޭނުންވާ ސާމާނު އެޗްޑީސީން އެރަށްތަކަށް ފޮނުވަން ފަށައިފި އެވެ. 

ހުޅުމާލެ ބަލަހައްޓާ ކުންފުނި އެޗްޑީސީ އަށް ސަރުކާރުން ވަނީ 71 ރަށެއްގައި އައުޓްޑޯ ޖިމް ތަރައްގީ ކުރަން ހަވާލުކޮށްފަ އެވެ. މިގޮތުން މުޅިން އަލަށް 58 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރުމަށް ހަމަޖެހިފައި ވާއިރު 13 ރަށެއްގައި އައުޓްޑޯ ޖިމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދެ އެވެ.

އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން އެޗްޑީސީއާ ހަވާލުކުރެވުނު 71 މަޝްރޫޢުއާއެކު ޖުމްލަ 102 އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ސަރުކާރުގެ ކުންފުނިތަކާވަނީ ހަވާލުކުރެވިފައެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހަތް އައުޓްޑޯ ޖިމް ޤާއިމްކުރުން ކުރިއަށް އެބަދެއެވެ. މިއަހަރާއި އަންނަ އަހަރު އިތުރު 41 އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ހަވާލުކުރުމަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.