ބީއެމްއެލްއިން މި ބަދަލު ގެނެސްފައިވަނީ ޑޮލަރު ވިއްކަން ހުޅުވާލި އިންވެސްޓް ކުރަން ހުޅުވާލި ފުރުސަތަަށްފަހު އެވެ. އަދި އެ ފައިސާ ޖެހިގެން އަންނަ ދުވަހު އެ މީހެއްގެ އެކައުންޓަށް ޖަމާ ކޮށްދޭނެ އެވެ.

ބޭންކް އަށް ޑޮލަރު ވިއްކަން ހުޅުވާލި އިންވެސްޓަމަންޓުގެ ފުރުސަތަށްފަހު، ބީއެމްްއެލް އިން އޮންލައިން ޝޮޕިންގެ ލިމިޓަށް ލުއިތަކެއް ދިފި އެވެ.
"އިންވެސްޓްމަންޓް ބައި ބީއެމްއެލް" ގެ ނަމުގައި ބީއެމްއެލްއިން 30 ވަނަ ދުވަހު ވަނީ ބޭންކްއަށް ޑޮލަރު ވިއްކައިގެން އިންވެސްޓް ފައިދާ ހޯދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މީގެ ބޭނުމަކީ ބޭންކުން ކޮންމެ ދުވަހަކު ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް އިތުރު ޑޮލަރު ހޯދުމެވެ. މިގޮތުން 25 ޕަސެންޓާ ހަމައަށް ޕްރޮފިޓް ލިބޭނެ އެވެ. އަދި އެ ފައިސާ ޖެހިގެން އަންނަ ދުވަހު އެ މީހެއްގެ އެކައުންޓަށް ޖަމާ ކޮށްދޭނެ އެވެ.
މި ބަދަލަށްފަހު ބީއެމްއެލް އިން ވަނީ އޮންލައިން ޝޮޕިން ހަދަން ދުވާލެއްގެ މައްޗަށް ދީފައިވާ ލިމިޓަށް ލުއިތަކެއް ދީފަ އެވެ. މިކަމާ ބެހޭ ގޮތުން ބީއެމްއެލް އިން އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ބައެއް ކަސްޓަމަރުންގެ ޓެމޫފަދަ ޕްލެޓްފޯމްތަކުން މިހާރު ވެސް ޕޭމަންޓް ހެދޭ ކަމަށް ވަނީ ބުނެފަ އެވެ. އެފަދަ ބައެއް ސްކްރީން ޝޮޓްތައް މިރާއަށް ހިއްސާވެސް ކޮށްފައިވެ އެވެ.
ބީއެމްއެލްގެ އިތުރުން އެހެން ބޭންކްތަކުން ވަނީ ދިވެހި ރުފިޔާގެ ކާޑުތަކުން ބޭރުން ވިޔަފާރި ކުރުން ލިމިޓްކޮށްފަ އެވެ. ބީއެމްއެލްއިން މި ބަދަލު ގެނައީ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ކުރާ މުޢާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކޭ ޑޮލަރުގެ ޢަދަދު ފާއިތުވި 5 އަހަރުގެ ތެރޭގައި ބޮޑުތަނުން އިތުރުވުމުންނެވެ. މިގޮތުން މި އަދަދު ވަނީ 3.7 ގުނަ އިތުރުވެ އެވްރެޖްކޮށް މަހަކަށް 39.3 މިލިއަން ޑޮލަރަށް ވުމެ މަތިވެފަ އެވެ. މީގެ ސަބަބުން ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދޭން ބޭންކިން ނިޒާމަށް ވަނީ ދަތިވެފަ އެވެ.