ހުޅުމާލެ ފްލެޓެއްގައި ރޯވެ، މީހަކު ފިހިއްޖެ

މީހެއްގެ އަތް ފިހި އިތުރު މީހަކަށް ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށް ސިފައިން ވަނީ ބުނެފަ އެވެ.

ހުޅުމާލެ ފްލެޓް 110 ގައި އަލިފާން ރޯވެފައި--ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލެ 1 ގައި ހުރި ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ރޭ 1:00 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ހުޅުމާލެ ފްލެޓް 110 ގައި ކަމަށެވެ. 

އެ ހަދިސާގައި ދެ މީހަކަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދެމުން އަންނަ ކަމަށާއި އެކެއްގެ އަތް ފިހިފައިވާ އިރު ދެވަނަ މީހާ އަށް ފަރުވާ ދެނީ ދުމުގެ އަސަރު ކޮށްގެން ނޭވާ ލާން އުނދަގޫވެގެން ކަމަށް ފުލުހުން ބުންޏެވެ.

އަލިފާން ނިއްވާލީ ފުލުހުންނާއި އާންމުން ގުޅިގެންނެވެ. ނަމަވެސް އަލިފާން ކޮންޓްރޯލްވި އިރު އެޕާޓްމަންޓް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެ ކަން ހިނގައިދިޔަ ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.