ފުލުހުން ބުނީ އެމީހާ ސަލާމަތްކޮށް، ރައްކާތެރިކަމާއެކު އަނބުރާ ރިސޯޓަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހާގެ ހާލު ރަނގަޅު ކަމަށްވެސް ބުނެފައިވެ އެވެ.

ފުލުހުން ބުނީ ފަތުރުވެރިޔާ އޮޔާދަނިކޮށް ފެނުނީ މިއަދު މެންދުރުފަހު 14:26 އެހާކަންހާއިރު، މާލެއިން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ "ލޯންޗް 54" އަށް ކަމަށެވެ.
އެމީހާއަކީ ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާ ފަތުރުވެރިއެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ކަނޑުމަތީ އޮއްވައި ފެނުނީ ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށް އޮޔާ ގޮސްފައި އޮއްވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ އެމީހާ ސަލާމަތްކޮށް، ރައްކާތެރިކަމާއެކު އަނބުރާ ރިސޯޓަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހާގެ ހާލު ރަނގަޅު ކަމަށްވެސް ބުނެފައިވެ އެވެ.