އަނބިމީހާ މަރައިލި މާވިން 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ވަނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް، މޭރީ މަރައިލިކަން މާވިންގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ކަނޑައަޅައިފަ އެވެ.

މާވިން މީގެ ކުރީގެ އަޑުއެހުމެއްގައި --

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސް މަރައިލިކަން ސާބިތުވި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ މާވިންގެ އިތުރުން އޭނާގެ ލޯބިވެރިޔާ / އައިޖީއެމްއެޗްގެ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ހަލީމަތު ލަމްހާގެ މައްޗަށެވެ.

ދައުލަތުން ކޮށްފައިވާ ދައުވާގައި ވަނީ އޮކްޓޫބަރު 19، 2021 ގައި މޭރީ އަދި މާވިން ދިރިއުޅެމުން ދިޔަ މއ. އުދުހޭކޮކާގޭގައި މޭރީއަށް ހަމަލާދީގެން މަރާލާފައިވާ ކަމަށެވެ. މާވިން މަސައްކަތް ކޮށްފައި ވަނީ މޭރީ މަރުވީ އަމިއްލައަށް ދަންޖެހިގެންކަން ދެއްކުމަށެވެ. އެ ކުށުގައި މާވިންއަށް އެހީތެރިވި ކަމުގެ ތުހުމަތު އޮތީ ލަމްހާ އަށެވެ.

ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ވަނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް، މޭރީ މަރައިލިކަން މާވިންގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ކަނޑައަޅައިފަ އެވެ. 

އަދަބު ކަނޑައެޅުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މާވިންގެ ފަރާތުން އެދިފައި ވަނީ އެންމެ ކުޑަ އަދަބެއް ކަނޑައެޅުމަށެވެ. ނަމަވެސް ދައުލަތުން ވަނީ އޭނާ ކުރި ކުށަށް ރިއާޔަތްކޮށް، 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްދިނުމަށް އެދިފަ އެވެ.

މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ހުކުމްކޮށްފައި ވަނީ މާވިން 25 އަހަރަށް ޖަލަށްލުމަށެވެ.

މާވިންގެ މައްޗަށް އިއްވާފައިވާ ހުކުމުގައި ބުނެފައި ވަނީ، މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުނެ މާވިން ދެއްކީ ދޮގު ވާހަކަތަކެއްކަން ސާބިތުވާ ކަމަށާއި، އެކަން އެގޮތަށް ދެއްކުމަށް ހީލަތްތެރި ރޭވުމެއް ރާވާފައިވާ ކަމަށެވެ.

އަދި މޭރީގެ ނިއްކުރިންނާއި ބޮލުންނާއި ވައަތުގެ ކަންފަތް ކައިރިން ޒަހަމްތަކެއް ފެނިފައިވާ ކަމަށާއި، އަނިޔާއިން ސަލާމަތްވުމަށް މާވިންގެ ގައިގައި މޭރީ ވަކިއަޅާފައި ހުރިކަން އެނގޭ ކަމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ.

އަދި މާވިން އާއި ލަމްހާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށާއި، އެ ގުޅުމަށް އޮތް ހުރަހަކީ މާވިން ކައިވެނިކޮށްގެން ހުރުން ކަމަށް އެ ދެމެދުގައި ދައްކާފައި ހުރި ވާހަކަތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

މޭރީ މަރައިލުމުގައި ބައިވެރިވިވުމުގެ ކުށް ލަމްހާގެ މައްޗަށް ވެސް ވަނީ ސާބިތުވެފަ އެވެ. މިއަދު އޭނާއަށް ވެސް އަދަބު ކަނޑައަޅާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.