ހުޅުމާލެ ޑިވަލޮޕްމަންޓް ކޮންޓްރޯލް ކަނޑައެޅުމުގެ ގަވާއިދާ އެއްގޮތަށް އިސްލާހު ކޮށްފައިވާތޯ ބަލާނެ

ހުޅުމާލެ ޑިވަލޮޕްމަންޓް ކޮންޓްރޯލް ކަނޑައެޅުމުގެ ގަވާއިދާ އެއްގޮތަށް އަމަލު ކޮށްފައިވޭތޯ ބެލުމަށް ސާވޭއެއް ކުރަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލެ ޑިވަލޮޕްމަންޓް ކޮންޓްރޯލް ކަނޑައެޅުމުގެ ގަވާއިދާ އެއްގޮތަށް ކަންކަން އިސްލާހު ކުރުމަށް ދީފައިވާ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.
އެ ގަވައިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަންކަން އިސްލާހު ކޯށްފައިވޭތޯ ބެލުމަށް ކުރާ ސާވޭ މިއަދު ފަށާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ސާވޭ ކުރިޔަށް ދާއިރު ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ގޯތިތަކާއި ވިޔަފާރި ހަރަކާތްތައް ހިންގާ ފަރާތްތަކުގެ އެއްބާރުލުން ދެއްވުން އެދޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.