ފިލިޕްސް ބްރޭންޑުގެ އޭސީ، އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި

ފިލިޕްސް އޭސީތަކުގެ 9،000 ބީޓީޔޫ، 12،000 ބީޓީޔޫ، 18،000 ބީޓީޔޫ އަދި 24،000 ބީޓީޔޫގެ އޭސީ ތަކުން ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް --

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވިގެންދިއުމާއި އެކު، ތަޢާރަފް ކުރެވުނު އެއް ޕްރޮޑަކްޓަކީ، ފިލިޕްސް ސްޕްލިޓް ވޯލް-މައުންޓެޑް އޭސީތަކެވެ. 

މިއީ އިތުބާރު ހިފޭ، އާއްމު ގެތަކަށާއި އޮފީސް މާހައުލުތަކަށް އެކަށޭނަ، ސްމާޓް ކޫލިންގް ސިސްޓަމެއް ފޯރުކޮށްދޭ އުފެއްދުމެކެވެ. ޗައިނާގައި އުފެއްދުމެއްކަމުގައިވާ ފިލިޕްސް އޭސީތަކަކީ ފެންވަރު ރަނގަޅު، ގިނަ ދުވަހު ގެންގުޅެވޭ އަދި އަވަހަށް ފިނިކޮށްދިނުމާއި ބޭނުން ކުރަން ފަސޭހަ އޭސީތަކެކެވެ.

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގްއިން މި ބްރޭންޑުގެ އޭސީތައް ތައާރަފް ކުރެވިގެން ދިއުމާއި އެކު، އާއްމުންނަށް ހާއްސަ ޕްރޯމަޝަނެއް މިހާރު ވަނީ ހުޅުވައިލައިފަ އެވެ. އެގޮތުން ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހާއްސަ ޑިސްކައުންޓް އަގުތަކެއްގައި ފިލިޕްސް ބެރޭންޑުގެ އޭސީތައް ލިބިގެންދާނެ އެވެ. 

އެގޮތުން ފިލިޕްސް އޭސީތަކުގެ 9،000 ބީޓީޔޫ، 12،000 ބީޓީޔޫ، 18،000 ބީޓީޔޫ އަދި 24،000 ބީޓީޔޫގެ އޭސީ ތަކުން ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ފިލިޕްސް ބެރޭންޑް އޭސީތަކުގެ ހުރިހާ އުފެއްދުންތައް ވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާއިން ލިބެން ހުންނާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.