ހައްޖު ކޯޕަރޭޝަން އެމްޑީއަކަށް ފިރުޒުލް

އޭނާ މީގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގައި

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، ފިރުޒުލް މުހައްމަދު ނޫސްވެެރީންނަށް މައުލޫމާތު ދެއްވަނީ

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މަގާމުގައި ހުންނެވި މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް އައްޔަން ކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ ހައްޖު ކޯޕަރޭޝަންގެ ބޯޑުގެ މެންބަރު ކަމާއި އެމްޑީގެ މަގާމަށް ފިރުޒުލް މިއަދުން ފެށިގެން އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައި މީގެ ކުރިން ހުންނެފވީ މުހައްމަދު ޝަކީލެވެ. އޭނާ މިހާރު ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްގެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ.

ރައީސް އޮފީހުގެ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މަގާމުގެ އިތުރުން ޕީއެންސީގެ ތަރުޖަމާނަކަށް ވެސް މިވަގުތު ހުންނެވީ ފިރުޒުލް އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު، އެމަނިކުފާނުގެ ތަރުޖަމާނަކަށް ވެސް ހުންނެވީ ފިރުޒުލް އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.