ސިނގިރޭޓުން ނަގާ ޑިޔުޓީ ދެ ބައި ކުޅަ އެއް ބައި ކަނޑައިލަން ފާސްކޮށްފި

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ދުންފަތުން މިހާރު ނަގަމުން އަންނަ 8ރ. ގެ ޑިއުޓީ 4ރ. އަށް ކުޑަކުރުމަށެވެ.

މީހަކު ސިނގިރޭޓް ބޮނީ

ސިނގިރޭޓުން ނަގައި ޑިޔުޓީ 50 ޕަސެންޓު ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. 

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ދުންފަތުން މިހާރު ނަގަމުން އަންނަ 8ރ. ގެ ޑިއުޓީ 4ރ. އަށް ކުޑަކުރުމަށެވެ.

މަޖިލީހަށް ހުށަހެޅި ބިލުގައި އިތުރަށް އިސްލާހު ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ބިޑިއަކުން ނަގާ ޑިއުޓީ 4ރ. އަދި އޭގެ އެޑްވޮލެރަމް ޑިއުޓީގެ ގޮތުގައި 30 ޕަސެންޓް ނެގުމަށެވެ.

އަދި ދުންފަތުން ދުރުހެލިވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް އެތަކެތިން ޑިއުޓީ ނުނެގުމަށް ބިލުގައި ހިމަނާފައިވެ އެވެ.

އެ ބިލަށް އެއްވެސް އުނި އިތުރެއް ނުގެނެސް، ފާސްކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީން އިއްޔެ ވަނީ ނިންމައިފަ އެވެ.

އެއާ އެކު، މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުން އިއްތިފާގުންނެވެ. 

މި އިސްލާހާއެކު މި އަހަރުގެ ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެކަމަށް ލަފާ ކުރި އާމްދަނީ ދަށްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިގޮތުން، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އިސްލާހުތައް ގެނެސްފިނަމަ އަންދާޒާކުރި އަދަދާ އަޅާބަލާއިރު 21 މިލިޔަން ރުފިޔާ ދަށްވާނެ ކަމަށް ބުނެފައިވެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ޑަބްލިޔުއެޗްއޯގެ ވެސް ލަފާގެ މަތިންނެވެ. އަދި މިއީ ދުންފަތް ކޮންޓްރޯލް ކުރުމަށް އެހެން ގައުމުތަކުން ވެސް ބޭނުންކުރާ އުކުޅެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުން އޭރު ސިނގިރޭޓުން ނަގާ ޑިޔުޓީ ބޮޑުކުރީ ރާއްޖޭގައި ވޭޕް މަނާކުރުމާއެކު، އޭރު ވޭޕް ބޭނުންކުރި މީހުން ކުއްލިއަކަށް ދުންފަތް ނުވަތަ ސިނގިރޭޓް ބޭނުންކުރަން ފަށާފާނެ ކަމަށް ބަލައިގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.