މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ސުވާލަށް ޖަވާބު ދެއްވަމުން، ހީނާ ވިދާޅުވީ، މިދިޔަ އަހަރު ޖުލައި 26ގައި ބޭއްވި ހަރަކާތްތަކަށް ޖުމްލަ 4.1 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށެވެ.

ރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ފުރުން ފާހަގަކުރުމަށް، މިދިޔަ އަހަރު ބޭއްވި ހަރަކާތްތަކަށް 4.1 މިލިއަން ރުފިޔާ ހޭދަވިކަމަށް ހެރިޓޭޖު މިނިސްޓަރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ސާފުކުރައްވަން ބޭނުންވީ، މިނިވަން 60 ފާހަގަކުރުމަށް ހިންގި ހަރަކާތްތަކަށް ޖުމްލަ ހަރަދުގެ ތަފްސީލް ހޯއްދެވުމަށެވެ. އޭގެތެރޭގައި، އަތޮޅުތެރޭގައި ހިންގި ހަރަކާތްތަކަށް ކުރި ހޭދަ ވަކިން އެނގޭނެހެން ދެއްވުމަށް ވެސް މިނިސްޓަރުގެ އަރިހުން ކުޑޫ އެދިވަޑައިގެންނެވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ސުވާލަށް ޖަވާބު ދެއްވަމުން، ހީނާ ވިދާޅުވީ، މިދިޔަ އަހަރު ޖުލައި 26ގައި ބޭއްވި ހަރަކާތްތަކަށް ޖުމްލަ 4.1 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށެވެ.
ނަމަވެސް، އެ ހަރަދުތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

"ދެން މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން މާލެ ފިޔަވައި، އަތޮޅުތެރޭގެ އެއްވެސް ތަނެއްގައި މި ހަރަކާތްތައް ހިނގައިފައެއް ނުވޭ،" ހީނާ ވިދާޅުވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެން، ޝަރަފުވެރިކޮށްދެއްވި ރަސްމީ ހަރަކާތްތަކުގެ ތެރޭގައި މާލެއާއި ހުޅުމާލޭގައި ޕެރޭޑާއި ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތާއި ފުޅަނދުބުރު ބާއްވައިފަ އެވެ.