ރާއްޖެއަށް ކިލޯއެއްގެ ޑްރަގު އެތެރެކޮށްގެން އިންޑިއާގެ ހަތަރު މީހަކު ހައްޔަރު ކޮށްފި

އިންޑިއާއިން އައި އެގައުމަށް ނިސްބަތްވާ އަމިތު ކުމާރު ކިޔާ މީހަކު ގެނައި ލަގޭޖަކުން މޯލްޑިވްސް ކަސްޓަމްސްއަށް ވަނީ ގާތްގަނޑަކަށް ކިލޯއެއްގެ މަސްތުވާތަކެތި ފެނިފަ އެވެ.

ކަސްޓަމްސްއިން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތި. --ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް ކިލޯއެއްގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހަކާއި، އެޔާ ހަވާލުވާން ދިޔަ އެ ގައުމުގެ ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އެމީހުން ބަންދު ކުރުމަށް ނެރުނު އަމުރުގައިވާ ގޮތުން، އިންޑިއާއިން އައި އެގައުމަށް ނިސްބަތްވާ އަމިތު ކުމާރު ކިޔާ މީހަކު ގެނައި ލަގޭޖަކުން މޯލްޑިވްސް ކަސްޓަމްސްއަށް ވަނީ ގާތްގަނޑަކަށް ކިލޯއެއްގެ މަސްތުވާތަކެތި ފެނިފަ އެވެ.

ގިނަ ބަޔަކު ބައިވެރިވެގެން ހިންގި އަމަލެއް ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުން ވަނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގައިފަ އެވެ. އެ އޮޕަރޭޝަނުގައި އެތަކެއްޗާ ހަވާލުވާން އައިސްފައި ވަނީ އެގައުމަށް ނިސްބަތްވާ އިތުރު ތިން މީހެކެވެ.

އެގޮތުން އެޔާ ހަވާލުވާން އައީ ރާހުލް މިޝާދު، އަނިލް ކުމާރު އަދި އާކާޝް ޔާދަވް ކިޔާ އިންޑިއާ ތިން މީހުންނެވެ.

އެމީހުން ކޯޓަށް ހާޒިރު ކުރި މަޖިލީހުގައި ތަރުޖަމާނަކު ހަމަޖެހިފައި ނުވާތީ، ހަތަރު މީހުންވެސް ދެ ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.