ދުންފަތް ހިމެނޭ އިންފްލޭޝަން ހިސާބު | މެއިމަހު 0.20 ޕަސެންޓުގެ އުފުލުމެއް

އަގުތަކަށް އެއް އަހަރު ދުވަހު އައިސްފައިވާ ބަދަލަށް ބަލާނަމަ ދަތުރުފަތުރާއި ކާބޯތަކެތީގެ އަގުތައް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އުފުލިފަ އެވެ.

މާލެ ބާޒާރުގައި މީހަކު ޓްރޮލީއެއްގައި ތަކެތި އުފުލަނީ -- ދަ މިރާ

މިދިޔަ އެޕްރީލް މަހާ އާ އަޅާބަލާއިރު މިދިޔަ މެއި މަހު މަހަށް ބަލާއިރު މާލޭގައި ހިދުމަތާއި ތަކެތީގެ އަގުތައް 0.20 ޕަސެންޓް އިތުރުވެފައިވާ ކަމަށް ދައްކައިފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މެއި މަހު ރާއްޖޭގެ އަހަރީ އިންފްލޭޝަން ރޭޓް އަހަރު ދުވަހަށް ބަލާނަމަ 2.54 އިންސައްތައަށް މަތިވެފައިވާ ކަމަށް ދައްކަ އެވެ. ނަމަވެސް މަހުން މަހަށް ބަލާނަމަ މި އަދަދު 0.20 ޕަސެންޓުގައި ހުރި ކަމަށް ދައްކަ އެވެ.

މާލެ އާއި އަތޮޅުތެރޭގެ އަޅާކިޔުން

  •  މާލެ- އަހަރީ އިންފްލޭޝަން ހުރީ 1.83 ޕަސެންޓް
  •  އަތޮޅުތެރެ- އަހަރީ ރީ އިންފްލޭޝަން ހުރީ 3.21 ޕަސެންޓް

އަގުތަކަށް އެއް އަހަރު ދުވަހު އައިސްފައިވާ ބަދަލަށް ބަލާނަމަ ދަތުރުފަތުރާއި ކާބޯތަކެތީގެ އަގުތައް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އުފުލިފަ އެވެ. ދަތުރުފަތުރުގެ ދާއިރާ އަހަރީ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް އައީ ދަތުރުފަތުރުގެ އަގުތަކަށެވެ. އެއީ +9.35 ޕަސެންޓެވެ. އަދި ކާބޯތަކެތީގެ އަގުތައް ވަނީ +5.86 ޕަސެންޓް މަތިވެފަ އެވެ. މީގެ ތެރޭގައި ހިމެނޭ މަހުގެ ބާވަތްތަކުގެ އަގު ވަނީ އަހަރީ ގޮތުން +5.30 ޕަސެންޓް މަތިވެފަ އެވެ. 

އަދި ދުންފަތާއި ސުޕާރީ މި ބާވަތްތަކުގެ އަގު ވަނީ +4.26 ޕަސެންޓް މަތިވެފަ އެވެ.

މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު ބައެއް ދާއިރާތަކުގެ އަގުތައް ވަނީ ދަށަށް ގޮސްފަ އެވެ. މިގޮތުން މައުލޫމާތާއި މުވާސަލާތު -0.70 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ. އަދި ފޭރާމާއި ފައިވާން މިބައިން -0.62 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ.
މީގެ އިތުރުން ގެދޮރު، ފެން، ކަރަންޓު އަދި ގޭސް: މާސްމަހުން މަހަށް ބަލާއިރު މި ބާވަތްތަކުން -0.66 ޕަސެންޓްގެ ދަށްވުމެއް ވަނީ ފާހަގަކުރެވިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.