ލުތުފަރު މަރައިލައި ކަނޑު ފެއްތިކަން ދައުވާ ލިބޭ މީހުންގެ މައްޗަށް ސާބިތުވެއްޖެ

އަދި އޭރު އެމީހުން ދިން ބަޔާންތަކުގައި ކަން ހިނގައިދިޔަ ގޮތް ކިޔައިދީފައިވާއިރު، މާބޮޑު ފުށުއެރުންތަކެއް ނެތްކަންވެސް ހުކުމުގައިވެ އެވެ. އެ ބަޔާންތަކަށް ރިއާޔަތްކޮށް މައްސަލަ ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ލުތުފަރު މަރާލިކަން ސާބިތުވި އަލަމިން އަދި ނޫރުލްއިސްލާމް

ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ ބަންގްލަދޭޝްގެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

މި މައްސަލައިގައި އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އަލަމިން، ނޫރުލްއިސްލާމް އަދި އެމްޑީ އަހްތަރު ހުސެއިންގެ މައްޗަށެވެ. އޭގެ ތެރެއިން އެމްޑީ އަހްތަރު މިހާރު ވަނީ މަރުވެފަ އެވެ.

ކައްކާއެއްގެ ގޮތުގައި "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރި ލުތުފަރު މަރާލުމަށްފަހު ކަނޑު ފައްތާފައި ވަނީ އޭޕްރީލް، 2019 ގަ އެވެ.

އެމީހުންގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ އެ ތިން މީހުން ލުތުފަރު މަރާލީ އޭނާ ބޯޓުުގެ ތައްޓު މައްޗަށް ވައްޓާލައި ނޭވާ ހާސްކޮށްލައިގެން ކަމަށެވެ. އެގޮތުން އަލަމިން، ލުތުފަރުގެ ފައިގައި ހިފަހައްޓައިގެން ހުރި އިރު، ނޫރުލްއިސްލާމް ގެންދިޔައީ ލުތުފަރުގެ އަނގަ އާއި ނޭފަތުގައި އަތް އަޅައި ނޭވާ ހާސްކުރަމުން ކަމަށް ދައުވާގައިވެ އެވެ. އަދި އެމްޑީ އަހްތަރު ހުސެއިން ލުތުފަރުގެ ކަރުގައި ހިފައި ނޭވާ ހާސްކުރަމުން ދިޔަ ކަމަށް ދައުވާގައިވެ އެވެ.

އަދި އޭގެފަހުގައި ޅައިމަގުގެ ކަނޑު ބޭރުން 200 ފޫޓު ދުރަށް ލުތުފަރުގެ ހަށިގަނޑު ކަނޑު ފެއްތި ކަމަށް ދައުވާގައިވެ އެވެ. ފުލުހުން ވަނީ އޭނާގެ ކަށިތައް އެ ސަރަހައްދުން ހޯދައިފަ އެވެ.

ކަނޑުއަޑިން ފެނުނު ލުތުފަރުގެ ކަށިތައް -- ފޮޓޯ: ޕޮލިސް

ލުތުފަރު މަރާލި ކަމަށް ކުރިން ދައުވާ ލިބޭ މީހުން އިއުތިރާފްވެފައިވީ ނަމަވެސް ފަހުން އެމީހުން ވަނީ ކުށަށް އިންކާރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ އިއުތިރާފުވުމަށްފަހު ތިން މީހުން ފަހުން އިންކާރު ކުރީ ބިރުދައްކައިގެން ކަމަށް ބުނި ނަމަވެސް އެކަމަށް ބާރުދޭ ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން އޭރު އެމީހުން ދިން ބަޔާންތައް ޝަރީއަތަށް ބަލައިގަނެވޭ ކަމަށް ހުކުމުގައިވެ އެވެ.

އަދި އޭރު އެމީހުން ދިން ބަޔާންތަކުގައި ކަން ހިނގައިދިޔަ ގޮތް ކިޔައިދީފައިވާއިރު، މާބޮޑު ފުށުއެރުންތަކެއް ނެތްކަންވެސް ހުކުމުގައިވެ އެވެ. އެ ބަޔާންތަކަށް ރިއާޔަތްކޮށް މައްސަލަ ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މަރުގެ މައްސަލައެއް ސާބިތުވެފައިވާތީ، ދެން އޮންނާނީ ލުތުފަރުގެ ވާރިސުންގެ ބަސް ނެގުމެވެ. އެއަށްފަހު އަދަބު ކަނޑައެޅިގެންދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.