އޭގެތެރޭގައި 55،000 ޓޫރިސްޓުންނާއި، އެ ބޯޓު ޗާޓަރުކޮށްގެން އުފުލި އުމްރާ އަދި ހައްޖުވެރިން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން ފުރަތަމަ ފަހަރަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުން ވަރަށް ކާމިޔާބު ކަމަށާއި، އެ ބޯޓުން މިހާތަނަށް 67،000 ފަސިންޖަރުން އުފުލާފައިވާކަމަށް ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ، ފާއިތުވި 16 މަސްދުވަހުގެ ތެރޭގައި ވައިޑް ބޮޑީ އެއާކްރާފްޓުގައި 67،000 ފަސިންޖަރުން އުފުލާފައިވާ ކަމަށެވެ.
އޭގެތެރޭގައި 55،000 ޓޫރިސްޓުންނާއި، އެ ބޯޓު ޗާޓަރުކޮށްގެން އުފުލި އުމްރާ އަދި ހައްޖުވެރިން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި، ވައިޑް-ބޮޑީ ބޯޓުގެ ހިދުމަތް ފެށުމުން ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމެވެ.

"އެނގިވަޑައިގަންނަވާނެ ކޯވިޑްގެ ހާލަތުގައި ވެސް ރާއްޖޭގެ އެއާބަސް އޮޕަރޭޝަން އޮތީމަ ރާއްޖެއަށް ލިބިގެންދިޔަ ޒަރޫރީ ބޭސްގެނައުމަށް ފުރުސަތު،" އަމީން ވިދާޅުވި އެވެ.
ދަތުރުތަކުގެ ރޫޓްތަކާއި ގުޅޭގޮތުން ވަޒީރު ވިދާޅުވީ ޗައިނާގެ ތިން މަންޒިލާއި، އޮސްޓްރޭލިއާ އަދި ސައުދީގެ އިތުރުން ޑިމާންޑާއި އެއްގޮތަށް ދަތުރުކުރަން ޖެހޭ މަންޒިލްތަކަށް ދަތުރުކުރުމުގައި އެ ބޯޓު ބޭނުންކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.