މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހުން ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ. އެކްސްޕޯ އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހާމަކޮށްފި އެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހުން ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ. އެކްސްޕޯ އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
އެކްސްޕޯއަށް ޒިޔާރަތްކުރާ ނަސީބުވެރި އެއް ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 25،000 ރުފިޔާ ލިބޭނެ އެވެ. އަދި މީގެ އިތުރުން ވެސް ގިނަ އިނާމުތަކެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެގޮތުން؛
އެމްއެމްއޭއިން ބުނީ ރާއްޖޭގައި ބާއްވާ މާލީ ދާއިރާގެ އެންމެ ބޮޑު އެކްސްޕޯއަށް ޒިޔާރަތްކޮށްގެން މާލީ ގިނަ މައުލޫމާތުތަކެއް ލިބުމާއެކު އަގުހުރި އިނާމްތައް ލިބުމުގެ ފުރުސަތު ތަނަވަސްވެފައިވާ ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުން މި އެކްސްޕޯއަށް ޒިޔާރަތް ކުރުމަށް އެމްއެމްއޭއިން ވަނީ އެދިފަ އެވެ.