އަންނަ މަހު ޝަންގްރިއް-ލާގެ އޮޕަރޭޝަންތައް "ރަނގަޅު ސައިޒަކަށް" ގެނެވޭނެ

އަމީން ވިދާޅުވީ، އަންނަ މަހުގެ މެދުތެރެއަށް ދާއިރު ޝަންގްރިއްލާ ވިލިނގިލީ ރިސޯޓުގެ އޮޕަރޭޝަން ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށާއި އެ ރިސޯޓުގެ އިސްވެރިންނާއެކު އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަމީން. --ފޮޓޯ: މަޖިލީހުގެ އިދާރާ

ކޮވިޑަށް ބަންދުކުރި ގޮތަށް ގެއްލުންވުމުގެ ސަބަބުން ނުހުޅުވި އޮތް ޝަންގްރިއް-ލާ ވިލިނގިލި ރިސޯޓް ހުޅުވާފައިވާއިރު، އަންނަ މަހުގެ ތެރޭގައި އެ ރިސޯޓުގެ އޮޕަރޭޝަންތައް ފުޅާކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ. 

އައްޑޫ ސިޓީ ވިލިނގިލީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައި، އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.

ނަމަވެސް، އޭގެފަހުން އެ ތަން ރަނގަޅަށް އޮޕަރޭޓު ނުކުރެވޭކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.

އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ، އަންނަ މަހުގެ މެދުތެރެއަށް ދާއިރު ޝަންގްރިއްލާ ވިލިނގިލީ ރިސޯޓުގެ އޮޕަރޭޝަން ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށާއި އެ ރިސޯޓުގެ އިސްވެރިންނާއެކު އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަނގަޅު ސައިޒެއްގަ އޮޕަރޭޝަންސް މި އަންނަ މަހުގެ މެދުތެރެއަށް ދާނެ އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

ހަންކެޑެ މަޝްރޫއާ ގުޅޭގޮތުން އަމީން ވިދާޅުވީ، އެ ސަރަހައްދުގައި އާ މަޝްރޫއެއް ފެށުމަށް މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދެ ތިން ހަފުތާ ތެރޭ ވަރަށް ތަފުސީލީ މަޝްރޫއެއް އިއުލާނުކުރެވޭނެ ކަމަށެވެ.

ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނީ ކޮ ވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބަންދުކުރި މި ރިސޯޓު އެއްކޮށް ހުއްޓާލިކަން އެ އަހަރުގެ އޯގަސްޓް މަހު އިއުލާންކުރުމާ ގުޅިގެން 500 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ދިޔައެވެ. މި ރިސޯޓު އަލުން ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅަކަށްވާއިރު، މިއީ އައްޑޫގެ ރައްޔިތުންގެ ވަރަށް ބޮޑު އިންތިޒާރަކަށް ލިބުނު ނިމުމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.